ads
ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިން ރޭ——
މެއި 6 ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ދައުވާ ލިބޭ މީހެއްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔައީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ ކޮށްފައިވާ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދުގެ ޝަރީއަތެވެ. 

އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅީ ތަހުމީންގެ ފަރާތުން ހުށަހެޅި ދެ ހެއްކަކު ބަލައިނުގަތުމަށެވެ. ތަހުމީންގެ ފަރާތުން އެ ދެ ހެކިން ހުށަހެޅީ ކުށްކުރި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތު ކުރުމަށެވެ. ނަމަވެސް ތަހުގީގުގެ މަރުހަލާގައި އެ ދިފާއު އޮތީ ނުނަގަ އެވެ. ދައުލަތުން ބުނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އެ ދިފާއު ތަހުގީގުގައި ނަގަން ޖެހޭނެ ކަމަށެވެ. 

ތަހުމީންގެ ވަކީލުން ވިދާޅުވީ ތަހުގީގުގެ މަރުހަލާގައި އެ ދިފާއު ނަގަން ޖެހޭނީ ކުށްކުރި ތާރީހާއި ތަން ތަހުގީގަށް ހޯދިިފައިވާ ނަމަ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި ކުށްކުރި ތާރީހާ ގުޅޭ ގޮތުން ތަހުގީގުގައި ތަހުމީނާއި ސުވާލުކޮށްފައި ނުވާ ކަމަށެވެ. 

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބް ނިންމެވީ ކުށުގެ އަމަލު ހިނގި ތަނުގައި ނެތްކަން ސާބިތު ކުރަން ތަހުމީންގެ ފަރާތުން ހުށަހެޅި ދެ ހެކިން ބަލައިނުގަތުމަށެވެ. 

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމާއި ހެކިންގެ ހެކިބަސް ނެގުމެވެ. އެކަންކަން ކުރާނީ ދައުވާ ލިބޭ އެންމެން އެ މަޖިލީހަކަށް ހާޒިރުކޮށްގެންނެވެ. 

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ދައުލަތުން ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް އަސަރީގޭ، މުހައްމަދު ނާޒިމްގެ މައްޗަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް