ads
އެލީ ދިވެހި ދިދަ ހިފައިގެން
ތުއްތު އެލީ އަނެއްކާވެސް ރާއްޖެއަށް މެޑަލް ހޯދައިދީފި
ކްރޮއޭޝިއާގެ އޮޕާޓިޖާގައި އޮތް އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުން ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުގެ ދަރިކަނބަލުން، ލައިބާ އަހުމަދު މަހްލޫފު (އެލީ) ރިހި މެޑަލެއް ހޯދައިފި އެވެ.

އެލީ ވާދަކޮށްފައިވަނީ މުބާރާތުގެ 11 އަހަރުން ދަށުގެ އުމުރުފުރާގައެވެ. މި އުމުރުފުރާގައި ވާދަކޮށް، އެލި ރިހި މެޑަލް ހޯދީ މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. 

މިކްސްޑް ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކް އެވެ. މެޓިޗްއާ އެކު ފައިނަލުން ބަލިވީ ސްލޮވީނިއާގެ މާކް ޕޮގާސާ އާއި ޕިއާ ކްރިޒްމަނިކްގެ ޕެއާ އަތުންނެވެ.

އެލީގެ ޕެއާ ވަނީ ސެމީ ފައިނަލްގައި ސްލޮވީނިއާގެ މިޝަލް މަޓޭއިކާ އާއި އަޑޭލާ މަލަކޯވާގެ ޕެއާ އަތުން މޮޅުވެފަ އެވެ. ސިންގަލްސްގެ ކުއާޓާ ފައިނަލުން ލައިބާ ޖާގަ ހޯދި ނަމަވެސް ބަލިވީ އޭނާގެ އަންހެން ޑަބަލްސް ޕާޓްނަރު އަތުންނެވެ. އެއީ ސްލޮވީނިއާގެ ޕިއާ ކްރިޒްމަނިކްއާ އަތުންނެވެ.

މިއީ އެލީ ބައިވެރިވި ދެވަނަ ބައިނަލްއަގުވާމީ މުބާރާތެވެ. މިދިޔަ މަހު އެލީ ވަނީ އިޓަލީގައި ބޭއްވި ޔޫތު މުބާރާތެއްގައި ވެސް ވާދަކޮށް، ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ތިންވަނަ ހޯދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް