ads
ފެމިލީ ކޯޓަށް ގާޒީން އައްޔަން ކުރުމަށް ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ފެމިލީ ކޯޓްގެ ގާޒީކަމަށް ވަރަށް ބާރުބޮޑު
ފެމިލީ ކޯޓްގެ ގާޒީކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތި ލައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި ފެމިލީ ކޯޓްގެ ގާޒީކަމަށް ކުރިމަތިލުމަށް މިމަހުގެ 9 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު 25 ބޭފުޅަކުވަނީ ކުރިމަތިލައްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ 14 އަންހެން ބޭފުޅަކާއި 11 ފިރިހެން ބޭފުޅެކެވެ.

ފެމިލީ ކޯޓްގެ ގާޒީކަމަށް 25 ބޭފުޅަކު ކުރިމަތި ލެއްވިއިރު، 9 މެއިގެ އިއުލާނުގައި ވާގޮތުން އެކޯޓަށް ހޯދަނީ އެންމެ ގާޒީ އެކެވެ.

ފެމިލީކޯޓްގެ ގާޒީއެއްގެ މުސާރައަކީ 300000 ރުފިޔާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް