ads
ބީއެމްއެލުން މާފަރާއި މިލަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފެށުން - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން މާފަރާއި މިލަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. އަތޮޅު މާފަރާއި މިލަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފިއެވެ.

ބީއެމްއެލުން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

މާފަރާއި މިލަދޫގައި ގާއިމުކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މިއަދު ފެށިގެންދިޔަ މި ހިދުމަތާ އެކު މިވަގުތު ނ. އަތޮޅު ކެނދިކުޅުދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުންދާއިރު މަނަދޫ، ވެލިދޫގެ އިތުރުން ހޮޅުދޫގައި ދަނީ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުން ކަމުގައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓްމަންޓް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުން. އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާ އެކު މި ރަށްތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކާއި އިގުތިސޯދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވިއެވެ.

your imageބީއެމްއެލުން މާފަރާއި މިލަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފެށުން - ފޮޓޯ:ބީއެމްއެލް

އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 38 ބްރާންޗާއި 87 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 143 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް