ads
ސީއެސްކޭގެ އެމްއެސް ދޯނީ
އައިޕީއެލްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޗެންނާއީ ސުޕަ ކިންގްސްއަށް
އައިޕީއެލްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޗެންނާއީ ސުޕަ ކިންގްސްއިން ހޯދައިފިއެވެ.

ޗެންނާއީ ސުޕަ ކިންގްސް - ސީއެސްކޭ ފައިނަލަށް ދިޔައީ އަންގާރަ ދުވަހުގެ ރޭ ކުޅުނު ޕްލޭ އޮފް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ގުޖުރާތު ޓައިޓަންސް 15 ލަނޑުން ބަލިކޮށްގެންވެ. 

ގުޖުރާތަކީ އައިޕީއެލްގެ މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގެ ޗެމްޕިއަން ޓީމެވެ. ލީގު ބުރުގެ ދެވަނަ މަގާމް ހޯދި ސީއެސްކޭއާ ގުޖުރާތު ސެމީގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްތުކުރީ ފުރަތަމަ ހޮވާށެވެ. ސީއެސްކޭ ކުޅެން އަރައި 20 އޯވަރަށް ހަތް ކުޅުންތެރިން ނުބައިވެގެން 172 ލަނޑު ހެދިއެވެ. 

ޖަވާބުގައި ގުޖުރާތުން ކުޅެން ނުކުމެ، 20 އޯވަރަށް ހެދުނީ 157 ލަނޑެވެ. ސީއެސްކޭ އަތުން ބަލިވިޔަސް ފައިނަލަށް ދިޔުމުގެ ފުރުސަތު އަދި ގުޖުރާތަށް އެބައޮތެވެ. 

ޕްލޭ އޮފްގެ ދެވަނަ މެޗުގައި މާދަމާ ކުޅޭނީ ލަކްނޯ ސުޕަ ޖަޔަންޓްސްއާ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް އެވެ. މި މެޗުން މޮޅުވާ ބަޔަކު، ފައިނަލުގެ ފަހު ޖާގަ ހޯދުމަށް ކުޅޭނީ ސީއެސްކޭ އަތުން ބަލިވި ގުޖުރާތާއެވެ. 

ފައިނަލް މެޗުަ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އަހްމަދު އާބާދުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް