ads
އެމެރިކާގައި ބޭނުންކުރާ ރޮބޮ|ޓިކް ޕޮލިސް
އެމެރިކާގައި ރޮބޮޓީކް ޕޮލިސް "ކުއްތާ" ބޭނުންކުރަނީ
ލޮސް އެންޖެލިސް ސިޓީ ކައުންސިލުން ރޮބޮޓިކް "ކުއްތާ" ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

ލޮސް އެންޖެލިސް ސިޓީ ކައުންސިލުން ރޮބޮޓިކް "ކުއްތާ" ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

އެހެންނަމަވެސް މިކަމުގައި އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، ކައުންސިލްގެ ބައެއް މެމްބަރުން މިކަމުގައި ޚިޔާލު ތަފާތުވެ އިހްތިޖާޖު ކޮށްފައިވެއެވެ.

ނިއު ޔޯކުގައި މީގެ ކުރިން ވެސް މިފަދަ ޓެކްނޮލޮޖީއެއް ތައާރަފްކޮށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ލޮސްއެންޖަލްސް ޕޮލިސްފައުންޑޭޝަނުން 277،000 ޑޮލަރުގެ މިރޮބޮޓް ވަނީ ހިލޭ ލޮސްއެންޖަލްގެ ސިފައިންނަށް ފޯރުކޮށްދީފައެވެ. 

ބޮސްޓަން ޑައިނަމިކްސް އިން ޑިޒައިންކޮށް އުފެއްދި މި ރޮބޮޓިކް ކުއްތާއަކީ އަމިއްލަ އަށް ސަރަހައްދުތަކާއި އިމާރާތްތައް ނެވިގޭޓް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުއްތާއެއް ކަމަށާއި، މި ކުއްތާގައި ގިނަ އަދަދެއްގެ ސަވައިލަންސް ގިޔަރާއި ސެންސަރުއަދި އެހެނިހެން "ޕެލޯޑްސް" ވެސް ހުންނާނެ ކަމަށެވެ. 

ފުލުހުން އެކުއްތާ އާންމުގޮތެއްގައި ބޭނުންކުރާނީ އޮފިސަރުންނަށް ނުރައްކާވެދާނެ ފަދަ ނުރައްކާތެރި ހާލަތްތަކުގައި ކަމަށާއި، ޑިޕާޓްމަންޓަށް އިތުރު ލޮލާއި ކަންފަތެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް އެސިޓީގެ ފުލުހުން ބުނެއެވެ.

ނަމަވެސް މިކުއްތާ އެލްއޭޕީޑީއަށް އަލަށް އިތުރުކުރުމާ ގުޅިގެން އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް