ads
މުމްބާއީ އިންޑިއަންސްގެ ކުޅުންތެރިން
އައިޕީއެލް ފަހު ސެމީއަށް މުމްބާއީ އިންޑިއަންސް
އިންޑިއަން ޕްރިމިއަ ލީގުގެ ފައިނަލުން ފުރުސަތެއް ހޯދުމަށް، ފަހު ސެމީގެ ފަހު ފުރުސަތު، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސް ހޯދައިފިއެވެ.

ފަހު ސެމީ ނުވަތަ ފަހު ޕްލޭ އޮފަށް މުމްބާއީ އިންޑިއަންސް ކޮލިފައިވީ މިރޭ ކުޅުނު ޕްލޭ އޮފްގައި ލަކްނޯ ސުޕަ ޖަޔަންޓްސް ބަލިކޮށްގެންނެވެ. 

މިރޭގެ މެޗުގައި ޓޮސް ދިމާވުމުން މުމްބާއީ އިންޑިއަންސް ގަސްތު ކުރީ ފުރަތަމަ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރައި 20 އޯވަރަށް އަށް ކުޅުންތެރިން ނުބައިވެގެން 182 ލަނޑު ހެދިއެވެ. 

ޖަވާބުގައި ލަކްނޯ ކުޅެން އަރައި 16.3 އޯވަރަށް ހުރިހާ ކުޅުންތެރިން ނުބައި ވެއްޖެއެވެ. ހުރިހާ ކުޅުންތެރިން ނުބައިވީއިރު އެ ޓީމަށް ހެދުނީ 101 ލަނޑެވެ. އެހެންކަމުން 81 ލަނޑުން މޮޅުވެ، މުމްބާއީ އިންޑިއަންސް ފަހު ޕްލޭ އޮފަށް ކޮލިފައިވީއެވެ. 

ޕްލޭ އޮފްގެ ފަހު މެޗުގައި މުމްބާއީ އިންޑީއަންސް ކުޅެން ޖެހޭނީ ސީއެސްކޭ އަތުން ބަލިވި ގުޖުރާތާއެވެ. މި މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ އެވެ. 

ޕްލޭ އޮފް ފަހު މެޗުގައި މުމްބާއީ އިންޑިއަންސްއާ ގުޖުރާތު ކުޅެގެން މޮޅުވާ ބަޔަކު ފައިނަލުގައި ކުޅޭނީ ޗެންނާއީ ސުޕަ ކިންގްސްއާއެވެ. ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް