ads
ޖޯޑީ އަލްބާ
ޖޯޑީ އަލްބާ ބާސާއިން ދޫކޮށްލައިފި
ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ، 11 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަން ނިންމައިފިއެވެ.

ބާސެލޯނާއިން ޖޯޑީ އަލްބާއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މި ސީޒަނާއެކު އޭނާ ކްލަބުން ވަކިވާނެކަން މިހާރުވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް އޭނާ ދާނެ ވަކި ކްލަބެއް އަދި ހާމަ ނުކުރެއެވެ.

އުމުރުން 34 އަހަރުގެ ޖޯޑީ އަލްބާ ހޯދުމަށް ސައޫދީ އަރަބިއާގެ ބައެއް ކުލަބުތަކާއި އިޓަލީގެ އިންޓަމިލާނުން ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ ސީޒަނުގައި ވެސް އިންޓައިން އޭނާ ގަތުމަށް ހުށަހެޅި އެވެ.

ކޮންޓްރެކްޓްގެ އެއް އަހަރު ބާކީ އޮއްވާ، ކޮންޓްރެކްޓް އުވާލާ ހިލޭ އެޖެންޓެއްގެ ގޮތުގައި ކްލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ބާސެލޯނާއިން އޭނާ އަށް ދިނީ ކޮންޓްރެކްޓް ނިމެންދެން ކުލަބުގައި ހުންނަން ބޭނުންނަމަ މުސާރައިގެ 60 ޕަސެންޓް އުނިކޮށްދިނުމަށް އެދުމަށްފަހު އެވެ. 

ޖޯޑީ އަލްބާ އަކީ ބާސެލޯނާގެ ޔޫތު އެކަޑަމީން ޓްރެއިންވީ ސްކައުޓެކެވެ. އެހެންނަމަވެސް އޭނާ ބާސެލޯނާއަށް އައީ 2012 ވަނަ އަހަރު ވެލެންސިޔާއިން ނެވެ.  އޭނާވަނީ މިދިޔަ 11 އަހަރު 450 މެޗު ކުޅެދީ ގިނަ ތަށިތަކެއް ހޯދައިދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް