ads
ރައީސް މައުމޫނު
އެމްއާރުއެމްއިން ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވައިފި
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް - އެމްއާރުއެމް އިން ސިޔާސީ ހަރަކާތް ނުހިންގޭނެކަމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބައެއް ނޫސްތަކަށް ބުނެފައިވަނީ ކޮމިޝަނުގެ މެމްބަރުންނާ މެދު ރިޝްވަތު ހިފުން ފަދަ ދޮގު ތުހުމަތު އަޅުވާފައިވާކަމަށާއި އެހެންނަމަވެސް ތިން މަސް ތެރޭގައި މެމްބަރުން ހަމަނުވެއްޖެ ނަމަ ފިޔަވަޅު އަޅާނެކަން އެމްއާރުއެމަށް އަންގާފައިވާނެ ކަމަށެވެ.

އެމްއާރުއެމް އުވާލަން ނިންމީ ދެ ވަނަ ނޯޓިސް ދިނުމަށްފަހު ތިން މަސްވި އިރު ވެސް އަދަދު ހަމަ ނުވުމުން ކަމަށް އިލެކްޝަނުން ބުނެއެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސީއެންއެމްއަށް ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމިކަން އެޕާޓީއަށް ނާންގާ ސީދާ ފުރަތަމަވެސް މީޑިއާއަށް ދެއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ.

އަލީމް ވިދާޅުވީ އީސީން ހުށަހަޅަން އެންގި އަދަދަށްވުރެ 100ވަރަކަށް ފޯމު އިތުރަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެފޯމްތައް ހުށހަޅާފައިވާނީވެސް ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

އެމްއާރު އެމްއަށް މެންބަރުން ހަމަކުރުމަށް މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.
އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި، ނިންމުމަކީ ގާނޫނާއި ހިލާފު ކޮރަޕްޓް ނިންމުމެއްކަމަށް އެޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް