ads
ޑރ. މުހައްމަދު އިޔާޒް
އެމްއާރުއެމް އުވާލުމާއި ގުޅިގެން ޑރ އިޔާޒުގެ ފާޑު ކިއުން ރައީސް މައުމޫނަށް
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމާއި ގުޅިގެން ޑރ. އިޔާޒުގެ ފާޑު ކިއުން ރައީސް މައުމޫނަށް އަމާޒު ވެއްޖެއެވެ.
Advertisement

އިލެކްޝަން ކޮމިޝަން އިން އެމްއާރުއެމް އުވާލުމާއި ގުޅިގެން އިޔާޒު މައުމޫނަށް ފާޑު ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ފާހަގަކޮށްފައިވަނީ އާރާއި ބާރު ލިބުނު ހިދު އޭގެ ބޭނުން ނަހަމަގޮތުގައި ހިފައިފި ކޮންމެ މީހަކަށް ވެސް މި ދަތުރު ޖެހުމަކީ ގާތް ކަމެއް ކަމަށެވެ.

އަދި މީގެ އިތުރަށް އިޔާޒު ފާހަގަކޮށްފަވަނީ ޑީއާރުޕީއާއި ދުރަށް ޖެހިވަޑައިގަތުމުން އެކަމުގެހެކި ތަސްމީނަށްވެސް ދައްކަވާފައިވާ ކަމަށެވެ. 

ޕީޕީއެމް ޕްރައިމެރީގައި ނުސީދާކޮށް ކޮށްކޯފުޅަށް ޓިކެޓް ހޯއްދަވަން ކުރެއްވި މަސައްކަތުގެ ނަތީޖާ އަކީ ޕާޓިން ނިކަމެތި ގޮތަކަށް ނިކުމެ ވަޑައިގެންނަން ޖެހުން. މި ހުރުހާ ކަމަކުން އިބްރަތް ހާސިލް ކުރަން ޖެހޭނެ." - އިޔާޒު

މިފަދަ މޭރުމަކުން ވިދާޅުވެ އިޔާޒު ޓްވީޓް ކޮށްފައިވާއިރު، ރައިސް މައުމޫންގެ ޕާޓީ އެމްއާރުއެމް ވަނީ ޕާޓި އަށް ބޭނުންވާ އަދަދަށް މީހުން ހަމަނުވުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުން އުވާލުމަށް ނިންމާފައެވެ.
މި ކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ބުނީ މެމްބަރުން ހަމަ ކުރުމަށް ދެވުނު ތިން މަސް ދުވަހުގެ މުއްދަތުގައި 3000 މެމްބަރުން ހަމަވެފައި ނުވާތީ އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީ އަށް އަންގާފައިވާ ކަމަށެވެ.

އެމްއާރުއެމް އެންމެފުރަތަމަ ވުޖޫދަށް އައިއިރު އެ ޕާޓީގައި ޖުމްލަ ހަތްދިހަ ހާހެއްހާ މެމްބަރު ތިއްބެވެ. ނަމަވެސް ޕާޓި އުވާލި އިރު ޕާޓީގައި 3000 މެމްބަރުން ހަމަނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. 

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް