ads
އޭޖީ ރިފްއަތު (ފޮޓޯ އަވަސް)
އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ބުދަދުވަހަށް ތާވަލު ކޮށްފި
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަބުދަހަށް ރައްޔިތުންގެ މަޖިލީހުން ތާވަލު ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީ ކުރީގެ ބައެއް މެމްބަރުންނާއި، ޖޭޕީ އަދި އެމްއެންޕީން ގުޅިގެން އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނާއިބުގެ ޙައިސިއްޔަތުން އިބްރާހީމް ރިއްފަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.

އިދިކޮޅުން ބުނަމުންދަނީ ރާއްޖެއާއި މޮރިޝަސް ދެމެދު އޮތް ފުށުއަރާ ސަރަހައްދު ވަކިކުރުމުގައި ބަންޑާރަ ނާއިބު މަސައްކަތްކުރެއްވީ ދިވެހިންގެ މަސްލަހަތާ ހިލާފަށް ކަމަށެވެ.

މިމައްސަލަ މިމަހުގެ 31 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަޖިލީހުގެ މެންބަރުންނަށް އަންގަވާފައެވެ.

އިދިކޮޅުން ބުނަނީ އެމައްސަލައިގައި އޭޖީ ރިފްއަތު އިމާލުވެފައިވާ ކަމަށާއި، އަދި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެއްވުމުގެ ބަދަލުގައި އެހެން ބައެއްގެ މަސްލަހަތު ހިމާޔަތް ކުރައްވާފައިވާކަމަށެވެ.

މިމައްސަލާގައި ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރިފްއަތަށްވެސް ނޯޓިސް ފޮނުވާފައެވެ. 

މިމައްސަލައާ ގުޅިގެން އެމްޑީޕީން ބުނީ މިމައްސަލާގައި އޭޖީ މަސައްކަތް ކުރައްވާފައިވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް