ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު، އެއްވަނަ ހޯއްދަވާފައިވަޏީ އިސްލާމިކް ޔުނިވަސިޓީގެ މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ކޯހުންނެވެ.
ކުރިން ހައިކޯޓުގެ އިސްފަނޑިޔާރުކަންވެސް ކުރެއްވި ގަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުގު 'ބޮޑު އަމުރާ' ގުޅިގެން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރުމަށް ފަހުއެވެ.
ވެރިކަން ބަދަލުވެ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއެކު ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުކުރި ކުރުމުގައި ގަނީވެސް މަގާމުން ވަކިކުރިއެވެ. ގަނީ ވަކިކުރީ ޖޭއެސްސީން ގަނީ ވަކިކުރަން ފެންނަކަމަށް މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ވޯޓުންނެވެ.
އިސްލާމީ ޔުނިވަރސިޓީގެ މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ކޯހުން އެއްވަނަ ކުރީގެ ފަނޑިޔާރު ގަނީ ހޯއްދަވައި، އިނާމް ހާސިލް ކުރެއްވީވެސް ސީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަތްޕުޅުންނެވެ. ގަނީއަށް ރައީސްގެ އެވޯޑް އެރުވީ ރޭ އޮތް އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅީގައި ހަފްލާގެ ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ރައީސް ސާލިހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓާއެކު ގަނީ ވަކިކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ގަނީ ވަކިކުރީ ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމުންތަކެއް ނިންމާފައިވާއިރު އެ ނިންމުންތަކުގައި ގަނީ ބައިވެރިވެ ވަޑައިގެންފައިވާ ކަމަށްބުނެއެވެ.