ads
ރޭ ފުރަވީރުންގެ ހަރަކާތުގައި ނަހުލާ
މިނިސްޓަރު އައިޝާ ފިރިކަލުން ގާސިމަށް ދެއްވި ބޮޑު ސަޕްރައިޒް!
"ފުރަވީރުން" ގެ ނަމުގައި ހުޅުމާލޭގައި މުނިފޫހި ފިލުވުމުގެ ބޮޑު ހަރަކާތެއް އިސްތިހާރު ކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ރެއާއި ހަމައަށް އެއީ ބޮޑު ސިޔާސީ އިވެންޓެއްކަމެއް ނޭންގެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ގާސިމް އިބްރާހީމަށްވެސް މި އިވެންޓް ވެގެން ދިޔައީ ބޮޑު ސަޕްރައިޒަކަށެވެ.

މި ބޮޑު އިވެންޓްގެ ފަހަތުގައި ހުންނެވީ ގާސިމްގެ އަނބިކަނބަލުން، އަދި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. ބޮޑުބެރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު ހަވާ އެރުވުން ވެސް ކުރިއަށް ދިޔަ މި ހަރަކާތުގައި ދައްކުވައިދިނީ އަންނަ ރިޔާސީ އިންތިހާބުގައި ޒުވާން ގާސިމާއިއެކުގައި ތިބިކަމެވެ.

ރޭ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ އަލަށް އެޕާޓީއަށް ގުޅުނު، އަދި މިނިސްޓަރު އައިޝާގެ އިސް ނެންގެވުމުގެ ތެރެއިން ޕާޓީއަށް ވަތް 2023 މެމްބަރުންގެ ފޯމް އިވެންޓްގައި ގާސިމަށް އެރުވުމެވެ. "ގާސިމް 2023" ޖަހާފައިވާ ފޯމް ސެޓް ގާސިމަށް އެރުވީވެސް އަނބިކަނބަލުން އަދި މިނިސްޓަރު އައިޝާ އެވެ.

your image2023 ފޯމް ގާސިމަށް އަރުވަނީ

ރޭގެ އިވެންޓްގައި ގާސިމް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވާނީ އިހްލާސްތެރިކަމާއެކު ގައުމުގެ ތަރައްގީއާ ކުރިއެރުމަށް ކަމަށެވެ. އަދި މާދަމާގެ މުސްތަގުބަލަށް ގައުމު ގެންގޮސް ދޭން ޖެހޭނީ ކާބަފައިން ގައުމު ވާސިލް ކޮށްދިން ފަދައިން އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ޒުވާނުންނާ އެކުގައި ކަމަށެވެ.

ރޭގެ ބޮޑު އިވެންޓްގެ މޭސްތިރިއަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައިވެސް ހުންނެވި މިނިސްޓަރު ނަހުލާ އެވެ.

your imageރޭގެ އިވެންޓްގެ ތެރެއިން

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީޕާޓީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މެމްބަރުން އިންތިހާބު ކުރެއްވި އަންހެން ޑެޕިއުޓީ ލީޑަރު ދިވެހި ސިޔާސީ މަސްރަހު ގުޑުވާލައިފި ކަމަށެވެ. އަދި މިނިސްޓަރު އައިޝާގެ މި އިވެންޓްގެ ސަބަބުން އާންމުންނާއި ޕާޓީއާއި އެހެނިހެން ސިޔާސީ ފަރާތްތަކަށް ހައިރާން ގެނުވައި، ސިއްސުވާލައިފިކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

"‏ރާއްޖޭގައި ފަހުގެ ތާރީހެއްގައި ބޭއްވުނު މިހަރަކާތުގައި ކުޑަވަގުތުކޮޅެއް ނަންގަވާ، ކުރުމުއްދަތަކުން ޕާޓީއަށް ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ އަލަށް ގެންނެވި 2023 މެމްބަރުންގެ ފޯމް. ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ⁦‪#YouthwithQasim‬⁩ މިހޭޝްޓެގާއި އެކު އަރުވާފަ" - އަލީ ސޯލިހް

އަލީ ވިދާޅުވީ ‏ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވެ ފުރަވީރުންގެ ހަރަކާތް ވެގެންދިޔައީ ޖުމްލަކޮށް އާއިލާތަކަށް އުފާވެރިކަން ގެނެސްދިން މާހައުލަކަށް ކަމަށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް