އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައި ކައުންސިލުން ނިންމާފައިވަނީ ޒަމާން ތަކަކަށްފަހު އާސަހަރާ ތަރައްގީކުރުމަށް މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް 27 މެއި 2023 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށެވެ.
ކައުންސިލުން ބުނީ ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.
އާސަހަރާ ތަރައްގީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ނިމުނުހާ އަވަހަށް އެކަން އާމުންނަށް އަންގާ އިއުލާނު ކުރާނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.