މުޒާހަރާ މެދު ކަނޑާލި ނަމަވެސް އިއްޔެއިން ފެށިގެން ބަންދުކޮށްފައިވާ އައިސް ޕްލާންޓް އަދިވެސް ހުރީ ބަންދު ކޮށްފައެވެ.
މިކަމާގުޅިގެން މިފްކޯއިން ބުނެފައިވަނީ އާންމު ގޮތެއްގައި ތިނަދޫ ބަނދަރުގައި ބޯޓެއް އޮންނަ ކަމަށެވެ.
އެހެންނަމަވެސް މަސްވެރީން ބޭނުންވަނީ މަސްކިރާނެ ބޮޑު ބޯޓެއް އެރަށު ބަނދަރުގައި އޮތުމެވެ.
ބައެއް މަސްވެރިން ބުނި ގޮތުގައި އައްޑޫގައާއި ފަރެސްމާތިޑާ ބޭރުގައި ބޯޓުފަހަރު ހުރެފައި ތިނަދޫ ބަނދަރުގައި ބޯޓެއް ނުބޭއްވެން ޖެހޭ ސަބަބެއް ނޭނގޭ ކަމުގައެވެ.
މިމައްސަލަ ހައްލު ކުރުމަށޤ ކޫއްޑޫއިން ތިނަދޫއަށް މިއަދު ވަނީ ޓީމެއް ގޮސްފައެވެ. މަސްވެރިން އެޓީމާ ބައްދަލު ކުރުމަށްފަހު މިއަދު ހަވީރު މަސްވެރީންނަށް މިފްކޯގެ ހެޑް އޮފީހުން ޖަވާބު ދޭނެ ކަމަށް ވަނީ ބުނެފައެވެ.