ads
ބިދޭސީންގެ ކިއުއެއް
ދިވެހި އަނބިމީހާއަށް އަނިޔާކުރި އިންޑިޔާ މީހާ ދޫކޮށްލައިފި
ދިވެހި އަނބިމީހާއަށް އަނިޔާކޮށްގެން މާލޭން ހައްޔަރުކުރި އިންޑީޔާ މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

ގެވެށި އަނިޔާއާ، ބިރު ދެއްކުމާއި މާރާމާރީއާ އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްގެން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ބަންދު މުއްދަތު ހަމަވެގެން ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ ޝަރުތުތަކަކާއެކު އޭނާ މިނިވަންކޮށްފައެވެ. އެހެންނަމަވެސް އޭނާ ދޫކޮށްލީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުއެވެ.

ބަންދުން ވީއްލި އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާ ދޫކޮށްލީ އަނިޔާ ލިބުނު ފަރާތުން އެ މައްސަލައިގައި އިތުރަށް ކުރިއަށްދާން ބޭނުންނުވާތީއެވެ. 

އޭނާ ބަންދު ކުރި ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާ އޭނާގެ އަނބިމީހާއަށް އަނިޔާ ކުރި މަންޒަރު ފެނިފައިވަނީ އަނބިމީހާގެ ދަރިންނެވެ. ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ ފިރިހެން މީހާވަނީ އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް