ads
ޖަރުމަނުގެ ޗެމްޕިއަންބަޔާން މިއުނިކް
ފަހު ވަގުތު ޖަރުމަނުގެ ޗެމްޕިއަންކަން ބަޔާން މިއުނިކަށް
ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑުން މައިންޒާ 2-2 އިން އެއްވަރުވެ، ފަހު ވަގުތު ކޮލޯން ކޮޅަށް ބަޔާން މިއުނިކުން ޖެހި ލަނޑާއެކު، ޖެހިޖެހިގެން 11 ވަނަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ހޯދައިފި އެވެ.

ޖަރުމަނު ލީގުގެ އެއްވަނައަށް ދިޔަ ބަޔާން މިއުނިކާ، ދެވަނައަށް ދިޔަ ބޮރޫޝިއާ ޑޯޓްމަންޑް ޕޮއިންޓްގެ ގޮތުން އެއްވަރުވީއިރު، ޗެމްޕިއަން ޓީމު ކަނޑައެޅިގެން ދިޔައީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށްވެސް 34 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. 

ބަޔާނަށް ލަނޑުގެ ތަފާތުން ކުރި ލިބުނުއިރު، އެ ޓީމުގެ އޮތީ ފައިދާ 54 ގޯލެވެ. ޑޯޓްމަންޑްގެ ފައިދާ ގޯލުގެ ގޮތުގައި އޮތީ 34 ގޯލެވެ.

ބަޔާން މިއުނިކަށް ޖަރުމަން ލީގު ކާމިޔާބު ކުރެވުނު ނަމަވެސް ލީގު ކާމިޔާބު ކުރެވުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، ހަސަން ސަލިހަމްދްޒިޗް އާއި ސީއީއޯ ކުރީގެ ގޯލްކީޕަރު އޮލިވާ ހާން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް