ads
ސުނިލް ޝެޓީ
ރޮއެ ރޮއެ ސުނިލް ޝެޓީގެ ދެ ލޯ ދުޅަވެއްޖެ
ބޮލީވުޑުގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި އޭނާގެ ފިރިމީހާ ކޭއެލް ރާހުލް ސްޓްރިޕް ކުލަބެއްގެ ތެރެއިން ފެނުނުކަމަށް ބުނާ ވީޑިއޯއެއް ހޮނިހިރު ދުވަހު ދައުވާން ފެށުމުން، އެކަމާ ހިތާމަކޮށް ސުނިލްޝެޓީގެ ދެ ލޯ ދުޅަވެފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

ސުނިލްޝެޓީގެ ގާތް މީހަކާއި ހަވާލާދީ ކޮށްފައިވާ ރިޕޯޓުތައް ބުނާގޮތުން އާތިޔާ އަކީ ސުނިލް ޝެޓީ ވަރަށް ލޯބިވާ ދަރިއެކެވެ. އަދި އޭނާގެ ދަރިފުޅާ ގުޅޭގޮތުން އެފަދަ ބޮޑު ދޮގު ހަބަރެއް ފަތުރާ، އެމީހުންގެ އާއިލާގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރާތީ ސުނިލްޝެޓީ ވަރަށް ބޮޑަށް ހިތާމަކުރަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ ލޯ ދުޅަވެފައިވާކަމަށާއި، ސުލިން ސެޓީގެ ހާލު އޭނާގެ އާއިލާ މީހުން ގާތުން އަންނަނީ ބަލަމުންނެވެ.  

އާތިޔާ ޝެޓީ މިހާރު ވަނީ އެ ވީޑިއޯއަކީ ސްޓްރިޕް ކުލަބެއްގައި އެމީހުން އުޅޭ ވީޑިއޯއެއް ނޫންކަމަށާއި، އެއީ އެމީހުންގެ ރަހުމަތްތެރިއެއްގެ އުފަންދުވަހު ހަފްލާއެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއްކަމަށް ބުނެފައެވެ. 

"އަޅުގަނޑާ އާއި ކޭއެލް ރާހުލްއާ ބެހޭ ގޮތުން މިފަދަ ވާހަކަތައް މީހުން ފަތުރާތީ މާޔޫސްވޭ،"  އާތިޔާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

ކޭއެލް ރާހުލް އާއި އާތިޔާ ޝެޓީ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު އިރު، މި އަހަރުގެ ކުރީކޮޅު އެދެމީހުން ކައިވެނި ކުރިއެވެ. މި ކައިވެނީގެ ހަފުލާ ބާއްވާފައިވަނީ ސުނިއެލް ޝެޓީ އާއި މަނާ ޝެޓީގެ ފާމްހައުސްގައެވެ. ކައިވެނީގެ ހަފްލާގައި ވަރަށް ގިނަ ސެލެބްރިޓީންނާއި ރައްޓެހިން ބައިވެރިވިއެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް