ads
ޖޭއެސްސީ
ފެމިލީ ކޯޓަށް 25 މީހުން ކުރިމަތިލާފައިވަނިކޮށް އިއުލާން ބާތިލު
ފެމިލީ ކޯޓްގެ ގާޒީކަމަށް 25 މީހަކު ކުރިމަތިލާފައިވަނިކޮށް ކުއްލިއަކަށް އިއުލާން ބާތިލުކޮށް، އެޕްލިކޭޝަންތައް ކެންސަލްކޮށްފިއެވެ.

ފެމިލީ ކޯޓަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލީކަން ޖޭއެސްސީން ހާމަކުރީ މިދިޔަ ހަފްތާގައެވެ. މިދިޔަ ހަފްތާގައި ޖޭއެސްސީން އާއްމު ކުރި ލިސްޓުގައިވާ ގޮތުން ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 25 މީހަކު ކުރިމަތިލިއެވެ.

އޭގެ ތެރޭގައި މިހާރުވެސް ރަށްރަށުގައި މެޖިސްޓްރޭޓުންގެ ގޮތުގައި ތިބި މީހުންނާއި މުޅިން އާ މީހުންވެސް ހިމެނެއެވެ. އެހެން އެކަން އޮއްވައި ކުއްލިއަކަށް މިއަދުވަނީ އެ އިއުލާން ކެންސަލްކޮށްފައެވެ.

ޖޭއެސްސީގެ އިއުލާން ބާތިލުކުރިކަން މިއަދު އާއްމު ކުރިނަމަވެސް އިއުލާން ބާތިލުކުރީ ކީއްވެގެން ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. 

ފެމިފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިން ކުރި އިއުލާނަށް އިޖާބަދީ ކުރިމަތިލީ މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ 14 އަންހެން ބޭފުޅަކާއި 11 ފިރިހެން ބޭފުޅެކެވެ. ފެމިލީ ކޯޓްގެ ގާޒީކަމަށް 25 ބޭފުޅަކު ކުރިމަތި ލެއްވިއިރު، 9 މެއިގެ އިއުލާނުގައި ވާގޮތުން އެކޯޓަށް ހޯދަނީ އެންމެ ގާޒީ އެކެވެ.

ފެމިލީކޯޓްގެ ގާޒީއެއްގެ މުސާރައަކީ 300000 ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް