އަހްމަދުއާބާދުގައި އައިޕީއެލްގެ ފައިނަލް މެޗު ފެށުމަށް ކަނޑައަޅާފައި އޮތީ މިރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ. އެހެންނަމަވެސް މޫސުމް ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެޗު ލަސްކުރީއެވެ.
މެޗުގެ ޓޮސް ނަގަން ތައްޔާރުވެފައިވަނިކޮށް ފުރަތަމަ ވާރޭ އޮއްސާލުމާއެކު ޓޮސް ނެގުންވެސް ފަސް ކުރިއެވެ. އަދި މޫސުމް އަލިވުމުން އަލުން ފެށޭތޯ މަޑުކޮށްގެން ތިބިތިބެވެސް މޫސުން ތަން ނުދިނުމުން އެންމެ ފަހުން މާދަމާ ރެއަށް މެޗު ފަސް ކުރީ ރޭގަނޑު 11 ޖަހަންދެން ބެލުމަށް ފަހުއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް އަދި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޗެންނާއީ ސުޕަރ ކިންގްސް ކުޅޭ ފައިނަލް މެޗު މިހާރު ފެށުމަށް ހަމަ ޖައްސާފައިވަނީ ހޯމަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރުއެވެ.