ads
މިނިސްޓަރު މަހްލޫފު
އެތްލީޓުންނާ ބައްދަލުކޮށް ވަޒީރު ހިއްވަރު ދެއްވައިފި
ރާއްޖޭގެ ގައުމީ ޓީމުތަކުން މި މަހު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ހޯދި ކާމިޔާބީ ފާހަގަކޮށް އެ ޓީމްތަކަށް ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފު ހިތްވަރު ދެއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި މިނިސްޓަރު މަހުލޫފު ވަނީ އައިއެޗްއެފް ޓްރޮފީގެ ދެކުނު / ސެންޓްރަލް އޭޝިއާ ޒޯނުގައި ވާދަކޮށް ލޯ މެޑަލް ހޯދި 17 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ޓީމާ، 19 އަހަރުން ދަށުގެ އަންހެން ހޭޑްބޯޅަ ޓީމާއި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުން ރާއްޖެއަށް އަށް މެޑަލް ހޯދައިދިން ގައުމީ ޖޫނިއާ ޓީމުގެ އިތުރުން ނޭޕާލްގައި އޮތް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ވާދަކުރި ގައުމީ އަންހެން ވޮލީބޯޅަ ޓީމާވެސް ބައްދަލުކުރައްވާފައެވެ. އަންހެން ޓީމު މުބާރާތް ނިންމާފައި މާލެއައީވެސް ރޭއެވެ. 

 

މި ޓީމްތަކުގެ އިތުރުން އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމާއި، އަންނަ މަހު ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމާއިވެސް ބައްދަލުކުރައްވާ ދެ މުބާރާތުން ގައުމަށް ރީތި ނަން ހޯދައިދީ ކާމިޔާބީ ހޯދުމަށް މިނިސްޓަރު ވަނީ ދެ ޓީމަށްވެސް ހިތްވަރުދެއްވާފައެވެ.

އެތްލީޓުންނާ ބައްދަލުކުރައްވާ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގައި ހޯދަމުން އަންނަ ކާމިޔާބީތަކަށް ހިއްވަރު ދެއްވައި އަދި ކުރިއަށް އޮތްތަނުގައިވެސް މެޑަލް ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް އެތްލީޓުނުްގެ ކިބައިން އެދިވަޑައިގަތެވެ. އަދި ކުޅިވަރުގެ ދާއިރާއިން ސަރުކާރަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް