ads
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވައި، އައިވީއެފްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ސިއްހީ ދާއިރާއިން ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ގާއިމުކުރި ފާޓިލިޓީ ސެންޓަރާ އެކު، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވައި، އެ ހިދުމަތް ފައްޓަވައިދެއްވީ، މިއަދު ހެނދުނު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭން ބޭރުން އައިވީއެފް ހަދަން ތިން ލައްކަ އާއި ހަތަރު ލައްކަ އާ ދެމެދުގެ ރުފިޔާ ހޭދަ ކުރާ ކަމަށެވެ. ރާއްޖޭގައި މި ހިދުމަތް ފެށުމުން، ރާއްޖޭން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި އަދި އާއިލާގެ ކައިރީގައި ހުރެގެން ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ދިވެހިންނަށް އުންމީދެއް ގެނެސްދިން ހިދުމަތެއް ތައާރަފުކޮށް ދިނީތީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ އައިވީއެފްގެ ހިދުމަތް ފުޅާކުރުމަށް އެ ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ ފާޓިލިޓީ ސެންޓަރާ އެކު މިއަދަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ދުވަހެއް ކަމަށެވެ.

your imageޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވައި، އައިވީއެފްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް

މިލިއަނެއްހާ ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ގާއިމުކުރި ފާޓިލިޓީ ސެންޓަރުން ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ 46،000 ރުފިޔާއަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ހަދަން ފަށާފައިވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާނީ ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް