ads
އެމްއާރުއެމްގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއާރުއެމް އުވާލުން މަޑުޖައްސާލުމަށް ކުރި އަމުރު އިސްތިއުނާފު ކުރަނީ
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ޕާޓީ އެމްއާރު އެމް އުވާލުން މަޑުޖައްސާލުމަށް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ނިންމައިފިއެވެ.

އީސީން މިއދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެކޮމިޝަނުން ނިންމާފައި ވާކަމަށެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބެންޖެހޭ އެންމެ މަދު އަދަދު ކަމަށްވާ 3000 މެންބަރުން އެމްއާރުއެމްގައި ހަމަނުވާ ކަމަށްވުނެ އީސީން އެޕާޓީ އުވާލީ މިމަހުގެ 24 ގައެވެ.

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް، ސިވިލް ކޯޓުން އަމުރެއް ނެރުނީ އިއްޔެއެވެ.

އެމްއާރުއެމް އުވާލުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ، މިމައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެމްއާރުއެމުން އެދުމުންނެވެ.

މި އަމުރު ސިވިލް ކޯޓުން ނެރެފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެމްއާރުއެމުން ވަގުތީ އަމުރަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ އެޕާޓީ އުވާލަން ނިންމި ނިންމުންމާގުޅޭ މައްސަލައެއް އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް 30 ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މިމައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުން އަމުރު ނެރުނީ އެކޮމިޝަނުގެ ގައިރު ހާޒިރުގައެވެ.

ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން އީސީގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

އިލެކްޝަންސްއިން ހާމަކުރި މައުލޫމާތުގައިވާގޮތުން ފެބުރުއަރީއާ ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް