ads
ޗެންނާއީ ސުޕަ ކިންގްސް ޗެމްޕިއަންކަން ހޯދައި ތަށްޓާއެކު
ޗެންނާއީ ސުޕަ ކިންގްސް ޗެމްޕިއަންކަން ހޯދައިފި
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ، އިންޑިއަން ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން، އެމްއެސް ދޯނީގެ ޗެންނާއީ ސުޕަ ކިންގްސްއިން ހޯދައިފިއެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން، އެއް ރޭ ފަސްކޮށް އަދި ރޭ ކުޅުނު ފައިނަލް މެޗުގައިވެސް މޫސުމް ގޯސްވުމުގެ ސަބަބުން، ދެވަނަ އިނިންގްސްގެ ފަސް އޯވަރު މަދުކޮށް ކުޅުނު މެޗުން ޗެންނާއީ މޮޅުވީ ޑިފެންޑިން ޗެމްޕިއަން ގުޖުރާތު ޓައިޓަންސް ބަލިކޮށްގެނެވެ.

މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއެކު، މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ މުމްބާއީ އިންޑިއަންސްއާ ޗެންނާއީ އެއްވަރުވީއެވެ. މި ދެ ޓީމުން ކުރެ ކޮންމެ ޓީމެއްވެސް ފަސް ފަހަރު ތަށި ހޯދިއެވެ.

މެޗު ކުޅުނީ ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓޭޑިއަމްކަމަށްވާ އަހުމަދުއާބާދުގެ ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގައެވެ. 80،000 އަށް ވުރެ ގިނަ މީހުން ކުޅިބަލަން ދަނޑަށްވަދެ ތިބި މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީ އިން ނިންމީ ފުރަތަމަ ފީލްޑް ކުރާށެވެ.

ގުޖުރާތުން  ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 214 ލަނޑު ހަދިއެވެ. ވިއްސާރައިގެ ސަބަބުން ޑަކްވޯތު ލެވިސް މެތަޑަށް ބަލައިގެން، 15 އޯވަރަށް ބަލައިގެން ޓާގެޓް ވަނީ 171 ލަނޑަށް ކުޑަކޮށްފަ އެވެ.

ޗެންނާއީ ޓީމުން ޖަވާބުގައި ކުޅެން ނުކުމެ 15 އޯވަރު ތެރޭ 171 ލަނޑު ހަދައި މެޗު ކާމިޔާބު ކުރީ އެންމެ ފަހު ދެ ބޯޅައިން 10 ހަދައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް