ads
ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: މިހާރު
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސަކަށް އަނެއްކާވެސް ހުސްނުއްސުއޫދު
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަން ކޮށްފިއެވެ.

ހުސްނުއް ސުއޫދު އެންމެ ފުރަތަމަ މި މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުއެވެ. އޭރު އެމަގާމުގައި ހުންނެވި އަބްދުލަ ޣަފޫރު އިބަރާހީމް ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސުއޫދު އަންޔަން ކުެވުނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން އަޔްަން ކުރުމަށްޓަކައި ހުޅުވާލުމުން އެ ކޮމިޓީގެ ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ މީހެކެވެ.

އެހެންވެ އެ ކޮމިޓީއަށް މެންބަރުން އަޔަން ކުރީ އިންތިޚާބަކާ ނުލައެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ މަގާމުތަކަށް ކުރިމަތިލާ ހޮވުނު ފަނޑިޔާރުން:

ރައީސް: ފަނޑިޔާރު ހުސްނުއްސުއޫދު

ނައިބު ރައީސް: ގާޒީ މުހައްމަދު އީސާފުޅު، ޖުވެނައިލް ކޯޓުގެ ގާޒީ

ސެކްރެޓަރީ ޖެނެރަލް: މުހައްމަދު ސޯދިގު، ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓު އަދި ދާއިރާގެ އިސް މެޖިސްޓްރޭޓް

އިންތިޒާމު ސެކްރެޓަރީ: ހަސަން ޝިޔާމް ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓު، ށ. ޖުޑީޝިއަލް ދާއިރާ އިސް މެޖިސްޓްރޭޓް

ހަޒާންދާރު: ގާޒީ އަހްމަދު ރަޝީދު، ސިވިލް ކޯޓު

ހަޒާންދާރުގެ އެހީތެރިޔާ: އަޒީމް ހަސަން، ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓު

ތަރުޖަމާން: ފަރުހާދު ރަޝީދު، ސިވިލް ކޯޓުގެ ގާޒީ

އިތުރު މެންބަރުން:

ފެމިލީ ކޯޓު ގާޒީ، ޒައީމާ ނަޝީދު އަބޫބަކުރު

ފެމިލީ ކޯޓު ގާޒީ، މައީޝާ ޔޫސުފް ސަމީރު

ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު، އިސް މެޖިސްޓްރޭޓް، މުހައްމަދު ޝަރީފް

ތ. ވަންދޫ މެޖިސްޓްރޭޓް ކޯޓު މެޖިސްޓްރޭޓް، އިސްމާއިލް ނިޔާޒު

ފަނ|ޑިޔާރުންގެ ޖަމިއްޔާގެ ބޭނުމަކީ ފަނޑިޔާރުބންގެ މުސްތަގިއްލުކަން ހިމާޔަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތް ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް