ads
ބީއެމްއެލްގެ އޭޓީއެމަކުން ހިދުމަތް ހޯދަނީ: އުތުރު ހުޅުމާލޭގައި ވަރަށް އަވަހަށް ދެ އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައި - ފޮޓޯ:ބީއެމްއެލް
ހުޅުމާލެ ފިޔަވަހި 2 ގައި ބީއެމްއެލްގެ 2 އޭޓީއެމް ބަހައްޓަނީ
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ވަރަށް އަވަހަށް ދެ އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި އެ ބޭންކުގެ 40 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އުތުރު ހުޅުމާލޭގައި އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ދެ އޭޓީއެމް ބަހެއްޓުމަށް ބޭންކުގެ ބޯޑުން ނިންމާފައިވާ ކަަމަށެވެ.

ކާލް ވިދާޅުވެފައިވަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އޭޓީއެމް ބަހައްޓައި އިތުރު ބްރާންޗެއް ހެދުމަށް ރަނގަޅު އިމާރާތެއް ބަލަމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ހަތް އޭޓީއެމްއެއް ހުޅުމާލެ ފިޔަވަހި އެކެއްގެ ތިން ސަރަހައްދެއްގައި މިހާރުވެސް ހުރެއެވެ. އެއީ ހުޅުމާލޭގައި ހުންނަ ބީއެމްއެލް ބްރާންޗުގަ އާއި ޓްރީ ޓޮޕުގެ އިތުރުން ރެނާޓަސް އިތާ މުތް އެޕާޓްމަންޓުގެ ތިރީގައެވެ.

ކާލް ވިދާޅުވި ގޮތުގައި ހުޅުމާލެ އަމީން އެވެނިއު ކައިރިން ގަނެފައިވާ، 15،000 އަކަފޫޓުގެ ބިމުގައި އެ ބޭންކުގެ އޮފީސް އިމާރާތެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމުގައެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ އެ ބޭންކުގެ ބްރާންޗެއް ރާއްޖޭން ބޭރުގައި ގާއިމުކުރުމަށް ނިންމާފައިވުމާ އެކު، އެކަން ކުރިއަށް ގެންދިއުމަށް މެނޭޖުމަންޓަށް ފެންނަ ގޮތް ބޭންކުގެ ބޯޑަށް ވަރަށް އަވަހަށް ހުށަހެޅޭނެ ކަމަށެވެ.

އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 38 ބްރާންޗާއި 87 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 143 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް