ads
އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު ފޮޓޯ މިހާރު
އުމުރުން އެންމެ 8 އަހރުގައި މަސްތުވާތަކެތި ބޭނުން ކުރަން ފަށާ: ދިރާސާ
ރާއްޖޭގައި އުމުރުން އެންމެ 8 އަހަރުގައި މަސްތުވާ ތަކެތި ބޭނުން ކުރަންފަށާ ކަމަށް އެންމެ ފަހުން ރާއްޖޭގައި އެކަމާ ގުޅޭ ގޮތުން ކުރެވުނު ދިރާސާއިން ދައްކާފައިވާ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ- އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު މިއަދު ސީއެންއެމްއަށް ވިދާޅުވީ ޑަބްލިއުއެޗްއޯ، ހެލްތު މިނިސްޓްރީ އަދި އެންޑީއޭ ގުޅިގެން 2021-2022ގައި ކުރި ދިރާސާއިން ދައްކާ ގޮތުން އުމުރުގެ ކުރީ ކޮޅާއި މުސްކުޅި އުމުރުގައި މަސްތުވާ ތަކެތި ބޭނުންކުރަން ފަށާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

މިދިރާސާ އަދި ރަސްމީކޮށް އާންމު ކޮށްފައި ނުވާ ކަމަށާއި، އެމަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް އެންޑީއޭއިން ބުނެއެވެ.

މަސްތުވާ ތަކެތީގެ މައްސަލަގައި މައިގަނޑު ދެބައެއް ފާހަގަ ކުރެވެއެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، އެތަކެތި ބޭނުންކުރާ މައްސަލައެވެ. 

އިމާދު ވިދާޅުވީ އެންޑީއޭއިން މަސައްކަތް ކުރަނީ ސިއްހީ ނަޒަރަކުން މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ އިތުރުކޮށް ދިނުން ކަމަށެވެ.

"ދުނިޔޭގައިވެސް މި މައްސަލައަށް ބަލަނީ ހެލްތު ޕާސްޕެކްޓިވް އަކުން. އަޅުގަނޑުމެންވެސް އެ ދާއިރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ" އިމާދު ސޯލިހު

އެގޮތުން އިމާދު ވިދާޅުވީ 87 ރަށެއްގައި ކޮމިއުނިޓީ ފަރުވާ މިހާރު ލިބޭނެ ކަމަށާއި، 4 ރަށެއްގައި މެތަޑޯން ފަރުވާ ލިބެން ހުންނާނެ ކަމަށެވެ.

އިމާދު ވިދާޅުވީ ދާދިފަހުން ހުވަދުއަތޮޅުގެ ހުރިހާ ރަށަކަށް އެންޑީއޭގެ ފަރާތުން ދަތުރު ކުރެވުނު ކަމަށާއި، ސްކޫލްތަކުގައި ވޭޕްކުރުން ފަދަ ކަންކަން ، ކަންބޮޑުވާ މިންވަރަށް ހުރި ކަމަށެވެ. 

އެކަން ކަމަށް ފިޔަވަޅު އެޅުމަށްޓަކައި ބޭރުގެ ކޮންސެލްޓެންސީއާއެކު، އެޑިއުކޭޝަން މިނިސްޓްރީއާއި، އެންޑީއޭ ގުޅިގެން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް އިމާދު ވިދާޅުވީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް