ads
ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެނެސްފައިވާ މަސްތުވާތަކެތި. -- ފޮޓޯ: އަދަދު
މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު މީހުންތަކެއް ފުލުހުން ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފާކިސްތާނުގެ ހަތަރު މީހުންނެވެ. މި މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގަ އެވެ. 

ހައްޔަރުކުރި ޕާކިސްތާނުގެ ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެމީހުންގެ ބަންދަށް ފަސް ދުވަސް ދީފަ އެވެ. 

މި ހަތަރު މީހުންނަށްވެސް ތުހުމަތު ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރަން އުޅުނު ކަމަށެވެ. 

ފުލުހުން މި މީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެންނެވެ. ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކޮށް އައިޖީއެމްއެޗަށް ގެންގޮސް ހެދި ސްކޭންތަކުން އެމީހުންގެ ހަށިގަނޑު ތެރޭގައި އެއްޗެހިތަކެއް ހުރިކަން އެނގިފައިވެ އެވެ. 

ހަތަރު މީހުންވެސް މިވަގުތު ބައިތިއްބާފައި ތިބީ ދޫނިދޫ ޖަލުގައި ހުންނަ މެޑިކަލް ކްލިނިކުގަ އެވެ. އެއީ އެމީހުންގެ ހަށިގަނޑުތެރޭގައި ހުރި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ސާމާނު ބޭރުކުރުމަށްޓަކައި ކަމަށް ބެލެވެ އެވެ. 

ބަންދުގެ މުއްދަތު ޖަހައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ދޫނިދޫ މެޑިކަލް ކްލިނިކުން ދޫކޮށްލާތާ 24 ގަޑި އިރު ތެރޭގައި ބަންދާއިމެދު ގޮތެއް ނިންމުމަށް އަލުން ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް