ދެހާސްވިހި ވަނަ އަހަރުން ފެށިގެން ރައްޓެހިވެގެން އުޅޭ މި ދެ މީހުން އެންމެ ފުރަތަމަ އާންމު ތަންތަނުގައި އެކުގައި ފެންނަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. ނޫރު އަލްފާލާ އަކީ އަލް ޕަޗިނޯއަށް ވުރެ 54 އަހަރު ހަގު މީހެކެވެ. އޭނާ އަކީ ޕްރޮޑިއުސަރެއްގެ އިތުުރުން ފިލްމީތަރިއެކެވެ.
މިއީ އަލްފާލާއާ އެކު ޕަޗިނޯއަށް ލިބޭ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް މީކުރިން އަލް ޕަޗީނޯ ވަނީ ތިން ކުދިން ހޯދާފައެވެ. އޭގެތެރެއިން އެއް މާބަނޑު ދެކުދިންގެ އުމުރަކީ 20 އަހަރެވެ. އެންމެ ބޮޑު ކުއްޖާގެ އުމުރަކީ 30 އަހަރެވެ.
މި ހަބަރާއި ގުޅިގެން މި ތަރިން ތިބީ ވަރަށް އުފާވެ، އާ ދަރިފުޅަށް މަރުހަބާ ކިޔުމަށް ކެތްމަދުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.