ބީއެމްއެލުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަ އެކައުންޓަށް 5،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.
އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގުމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިން ސެންޓަރުގެ އިތުރުން ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުގައި އެކަމަށް ހާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެ ކަމަށެވެ.
ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވަ އެކައުންޓަށް ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައެވެ.
އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/kids-saver-promotion