ads
ހައިވޭގެ މަންޒަރެއް
ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ހޯދައިފި
ވެލާނާ އެއާޕޯޓުން ދޮޅުލައްކަ ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ވެލާނާ އެއާޕޯޓުން މީހަކު ޓެކްސީއަކަށް އެރުވި 150000 ރުފިޔާގެ މުދާ ގެންދަންޖެހޭ ހިސާބަށް ނުގެންދާކަމުގެ ރިޕޯޓެއް އިއްޔެ ހަވީރު ހުށަހެޅި ކަމަށެވެ.

ޓެކްސީއަށް އެރުވީ ދޮޅުލައްކަ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނެވެ.

އެ މައްސަލައާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން އެ ޓެކްސީ ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މުދާތައް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިމައްސަލާގައި ޓެކްސީއާމެދު އެއްވެސް ފިޔަވަޅެއް އެޅިކަމަށް ފުލުހުން ނުބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް