ads
މިރޭގެ އެއްވުމަށް ތައްޔާރު ވަނީ
އެއްވުމުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ރާވާކަމުގެ މައުލޫމާތު ލިބޭ: ފުލުހުން
އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ރާވަމުން ދާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުނެފިއެވެ.

“ބާނަބާނާ ތިއްބާތިޔަ ވިއްކާލީ ކަނޑު“ މިނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ އެއްވުމަކީ ޗާގޯސް މައްސަލާގައި ވާއްވާ އެއްވުމެކެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެއްވުމަށް އަތޮޅުތެރެއިން މީހުން ގެންނަކަމާއި އެއްވުމުގައި ގާނޫނާ ހިލާފު އަމަލުތައް ހިންމުމަށް ގޮވާލުމާ އެފަދަ ރޭވުންތައް ރާވަމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިރޭގެ އެއްވުނުގައި އެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު އެއްވުން ކުރިއަށްދާނަމަ އެއްވުމަށް ފުލުހުން ދޭންޖެހޭ އެއްބާރުލުންވެސް ދޭނެކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް