ads
ހާލަންޑް
ތިން ތަށި ހޯދަން ހުރިހާ މަސައްކަތެއް ކުރާނަން: ހާލަންޑް
މި ސީޒަންގައި މެންޗެސްޓަ ސިޓީއަށް ތިން ތަށި ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ޒުވާން ފޯވާޑް އާލިން ހާލާންޑް ބުނެފިއެވެ.

ތިން ތަށި ކަމަށް ހާލަންޑް ނިސްބަތް ކުރީ، ޕްރިމިއަ ލީގާ އެފްއޭ ކަޕާ އަދި ޗެމްޕިއަންސް ލީގެވެ. މީގެ ތެރެއިން ޕްރިމިއާ ލީގު ސިޓީން ހޯދާފައިވާއިރު، އެފްއޭ ކަޕްގެ ފައިނަލުގައި މާދަމާ ރޭ ކުޅޭނީ މެންޗެސްޓަ ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ބާކީ ޗެމްޕިއަންސް ލީގުގެ ފައިނަލް އެބައޮތެވެ. 

މިހާތަނަށް މި ތިން މުބާރާތް އެއް ސީޒަނެއްގައި ކާމިޔާބު ކުރި ހަމަ އެކަނި ޓީމަކީ މެންޗެސްޓަ ޔުނައިޓެޑެވެ. ޔުނައިޓެޑުން ތިން ތަށި ކާމިޔާބު ކުރީ 1999 ވަނަ އަހަރުއެވެ. 

އަހަރެން މި ކްލަބަށް ގެނައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން. ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ އަހަރެން ބޭނުންވާ ކަންތައް. އަހަރެންނަަށް އިނގޭ ފަސޭހަ ނުވާނެ ކަން އެންމެ މަތީ ފެންވަރުގެ ދެ ޓީމާ ދެކޮޅަށް ދެ ފައިނަލް މި ކުޅެން ޖެހެނީ އެކަމަކު އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. - ހާލަންޑް

އިގިރޭސި ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މި ސީޒަންގައި ހޮވުނީވެސް މެންޗެސްޓަ ސިޓީގެ ނޯވޭ ފޯވާޑު އާލިން ހާލަންޑްއެވެ. ހާލަންޑް ޕްރިމިއަ ލީގުގެ އަލަތު ސީޒަންގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު އޭނާވަނީ ސިޓީއަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. 

އުމުރުން 21 އަހަރުގެ ހާލަންޑްވަނީ ސީޒަންގައި ޖުމްލަ 44 ލަނޑު މިހާތަނަށް ޖަހާފައެވެ. އޭގެ ތެރެއިން 36 ލަނޑަކީ ލީގުގައި އޭނާ ޖެހި ލަނޑުތަކެވެ.

ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާލަންޑް ހޯދިއިރު، ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ ހާލަންޑުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް