ads
މިރޭގެ ޖަލްސާގައި ޑރ މުނައްވަރު ވާހަކަ ދައްކަވަނީ
ކަނޑާއެކު ޗާގޯސް ވެސް ހޯދަން ޖެހޭ: ޑރ މުނައްވަރު
ދެން ރާއްޖެއިން މަސައްކަތް ކުރަންވީ ގެއްލުނު ކަނޑުގެ ސަރަހައްދާއެކު ޗާގޯސްގެ ރަށްތައް ވެސް ރާއްޖެއަށް ހޯދުމަށްކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެެ.
Advertisement

ޗާގޯސް މައްސަލާގައި އިދިކޮޅު އިއްތިހާދުން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޑރ މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެނުކުން ރާއްޖޭގެ ބޯޑަރު ފުށުއަރާ އެއްވެސް ގައުމެއް ނޯންނާނެ ކަމަށެވެ.

އެގޮތުން ޒަމާނުއްސުރެވެސް ޗާގޯސްއަކީ ގައުމެއް ނޫންކަމަށާއި އެއްވެސް ގައުމަކަށް ނިސްބަތްވާ ތަނެއްވެސް ނޫންކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ ޗާގޯސްއަކީ އިނގިރޭސިން އިސްތިއުމާރުކޮށްފައިވާ އިނގިރޭސިންގެ ކޮލޮނީއެއް ކަމާށާއި އެއީ ގައުމެއް ނުވަތަ ގައުމެއްގެ މިލްކުގައިވާ ތަނެއްވެސް ނޫން ކަމަށެވެ.

މުނައްވަރު ވިދާޅުވީ ޗާގޯސްއަކީ ޒަމާނުއްސުރެވެސް އެއްވެސް ގައުމެއްގެ ބަޔަކަށް ނުވާއިރު އެތަން އެންމެ ފުރަތަމަ އިސްތިއުމާރު ކުރީ ފަރަންސޭސީން ކަމަށެވެ. އަދި ފަރަންސޭސީން އެތަން އިސްތިއުމާރު ކުރުމާ ހަމައަށްވެސް ޗާގޯސްގައި އެއްވެސް ބަޔަކު ވަޒަންވެރިވެފައި ނުވާކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ އެންމެ ކުރީގެ ޗާޓުތަކަށް ބަލާއިރުވެސް ޗާގޯސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ޗާޓު ކުރެވިފައިނުވާކަމަށާއި ޗާގޯސް އައިލެންޑް ޗާޓު ކުރެވިފައިވަނީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ދައުވާކުރާއިރު އެއީ ދިވެހިންގެ ތަނެއްކަމަށް މާބޮޑަށް ދިވެހިންނަށް ދައުވާ ކުރެވޭނެކަމަށާއި ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދާއިރު، ޗާގޯސް ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި އެކަމަށް މަސައްކަތް ކުރުމަށް މިހާރުވެސް ދިވެހި ސަރުކާރަށް ގޮވާލާކަމަށް ޑރ މުނައްވަރު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް