ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ގޮތުން ހެދި ދިރާސާ ދައްކާގޮތުން އަހަރެއްގެ މައްޗަށް ރާއްޖޭގެ އާބާދީގެ ކޮންމެ 1000 މީހެއްގެ ތެރެއިން 13 މީހުން ކައިވެނި ކުރެއެވެ. ރާއްޖޭގައި ދުވާލެއްގެ މައްޗަށް ރާއްޖޭގައި އެވްރެޖްކޮށް 8 ނުވަތަ 9 މީހުން ވަރިވާކަމަމަށް އެ ދިރާސާގައިވެއެވެ.
މި މި ދިރާސާ އަކީ 2020ން 2025 އަށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ބަލާ އެކުލަވާލާފައިވާ ދިރާސާއެކެވެ. ދިރާސާގައި ދައްކާގޮތުން ވަރީގެ ސަބަބުން ކޮންމެ އަހަރަކު ރާއްޖޭގެ ކޮންމެ 27 ގެއަކުން 1 ގެއަށް އަސަރުކުރާކަމަށެވެ. އެގޮތުން އެ އަސަރު ކުޑަކުދިްނނާއި އަންހެނުންނަށް ކުރިމަތިވަމުން އާދެއެވެ.
ދިރާސާ ދައްކާގޮތުން ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ކުރިއެރުން ސީދާގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާއެވެ. އެގޮތުން ކައިވެނީގެ ކުރިން، ކައިވެނީގެ ތެރޭގައި، ދެމަފިރިން ވަކިވާ މަރުހަލާގައި އަދި ވަރިވުމަށްފަހު ވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ދިމާވާ އާއްމު ގޮތްތައް ރިޕޯޓުގައިވެއެވެ.
ހުރިހާ އާއިލީ ދިރިއުޅުމުގެ އެންމެހާ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާގައި ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅިގެންދާކަން ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
މި ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އަދި މި ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކަމަށް އާއިލާތަކާއި ބެހޭ މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;