އެމްޑީޕީން ބުނީ ރައީސް ނަޝީދު ޔޫކޭއަށް ކުރައްވާ މި ދަތުރުފުޅުގައި ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންގެ އިތުރުން އެގައުމުގެ ބާ ކައުންސިލް އާއި ބައްދަލު ކުރައްވާނެކަމަށެވެ. އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހުކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމާއި ހަވާލުވެޑައިގަތުމަށް ފަހު ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ބައެއް އޮފީސްތައް އުފައްދަވާފައެވެ. އެގޮތުން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކުގައި އިއުލާންކުރައްވާފައިވާ 'ބޮޑު ބަދަލު'ގެ ގެ ނަމުގައި ރަސްމީ އޮފީހެއް ވަނީ އުފައްދާ އެ އޮފީހުގެ ވެރިޔަކަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ހަސަން ލަތީފް ވަނީ އައްޔަންކުރައްވާފައެވެ.
މީގެއިތުރުން ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އިންޓާ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް (އައިއެލްސީ-ޕީޑީއޯ)ގެ ނަމުގައިވެސް ވަނީ އޮފީހެއް އުފައްދާފައެވެ. އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލަކަށް އައްޔަންކޮށްފައިވަނީ މިދުޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް ޢަމީރުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;