ads
މިރޭގެ ޖަލްސާގައި އުމަރު ވާހަކަ ދައްކަވަނީ
ޗާގޯސް ހޯދަން މަސައްކަތް ކުރާނަން: އުމަރު ނަސީރު
ދެން އުފެދޭ ސަރުކާރެއްގައި، ޗާގޯސް ރައްތަށް ދިވެހި ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ އިޓްލޮސްއިން ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ މައްސަލަ ކުރިއަށް ދިޔައިރު، ފާހަގަވި އެއްކަމަކީ ޗާގޯސްއަކީ ހަގީގަތުގައި ދިވެހި ރާއްޖޭގެ ތަނެއްކަން ކަމަށެވެ.

އުމަރު ވިދާޅުވީ ޗާގޯސްއަކީ މިހާރު ދިވެހިންގެ ތަނެއްކަން ޔަގީން ކުރެވިއްޖެ ކަމަށާއި، އެތަން ރާއްޖެއިން ދޫކޮށްލައިގެން ނުވާނެކަމަށެވެ. އަދި ޗާގޯސް ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރާއްޖެއާ އިންވެގެން އޮންނަ ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރާ މޮރިޝަސްއަކީ މާފަހުން އުފަންވި ގައުމެއްކަމަށާއި ރާއްޖެއަކީ މޮރިޝަސްއަށް ވުރެވެސް ދޮށީ ގައުމެއް ކަމަށެވެ. މޮރިޝަސްގައި މީހުން ވަޒަންވެރިވެ މޮރިޝަސް އުފެދުނީ 1598 ވަނަ އަހަރު ކަމަށާއި އޭގެ މާކުރިން ރާއްޖޭގައި މީހުން ދިރިއުޅެން ފަށާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެއާއި އިންވެގެން އޮތް ރަށްތަކެއް ހޯދަން ދައުވާކުރުމުގެ އެއްވެސް ހައްގެއް މޮރިޝަސްއަށް ލިބިގެން ނުވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފަރަންސޭސިން ޗާގޯސް އިސްތިއުމާރު ކުރިއިރު އެތަނުގައި ދިވެހިން ދިރިއުޅުނުކަމަށާއި ފަރަންސޭސިން އެތަނަށް އެރުމުން ޗާގޯސްގައި ތިބި މީހުން ފިލައިގެން އައްޑޫއާއި ފުވައްމުލަކަށް ދިޔަކަމަށެވެ.

އެހެންކަމުން އެތަން އަލުން އިސްތިއުމާރުން ނެއްޓޭއިރު އެތަން ލިބެންވާނީ އެތަނުގެ އަސްލު ވަޒަންވެރިންނަށްކަމަށާއި އެއީ ދިވެހިންކަމަށްވެސް އުމަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް