ads
ލޯކަލް މާރުކެޓް..
ދިވެއްސަކަށް ވީތީ ފަހުރުވެރި މި ވަނީ ކޯއްޗެއް ލިބިގެންތޯ!
ދިވެހިންނަށް ވީތީ، ދިވެހީންތިބީ އުފަލުންނެވެ. ދިވެހި އުޑުދަށުގައި ވިހުރެމުންދާ ދިވެހި ދިދަޔާއި، ދިވެހި ޖައްވާއި، ދިވެހި ފަޒާގެ ހިޔަލުގައި ދިވެހިންތިބީ ދިވެހީންގެ ގޮތުގައެވެ.
Advertisement

ދިވެހި ފަސްގަނޑަށް އުފަންވީތީވެ ފަހުރުވެރި ނުވާނެ ހަމަ އެކަކުވެސް ނެތެވެ. ނަމަވެސް ސުވާލަކީ ދިވެއްސަކަށްވީތީ ފަހުރުވެރިވަނީ ކީއްވެތޯ އެވެ؟ ދިވެހިންގެ ފަސްގަނޑުން ދިވެހިންނަށް ލިބިފައިވަނީ ކޯއްޗެއް ތޯއެވެ؟

ހަމަ އެކައްޗެއްވެސް ނެތެވެ. މީ ދޮގެއްތޯ އެވެ. މިކަމަށް ނޫނެކޭ ބުނާނެ ހަމައެކަކުވެސް ނުހުންނާނެ ކަން ޔަގީނެވެ. ކުކުޅު ބިހެއް ނެތްތާގައި ކާއްޓެއްހާ މިންވަރުވެސް މި ގައުމަކު ނެތެވެ. އެހެންނަމަވެސް ދިވެހިންތިބީ ދިވެހިންގެ ގޮތުގައެވެ.

މި ގައުމަކީ 2000 ވަރަކަށް އަހަރުވެފައިވާ ގައުމެއްކަން ތާރީހުގެ ބައެއް ފަށްފުށްތަކުން ފެންނަން އެބަހުއްޓެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ އަމިއްލަ ބަހަކާއި އަމިއްލަ ތާރީހެއް ލިބިގެންވީ މުއްސަދި ގައުމެކެވެ. 

މިހާ ހިސާބުން މި ޖެހިލެނީ ނިކަމެތި ވަމުން އަންނަ މި ގައުމުން ގެއްލިފައިވާ ތަރައްގީއާއި ނިރެމުންދާ އުއްމީދާއި، ފަހުގެ މުސްތަގުބަލުގައި ދިވެހިން ތިބެންޖެހޭނެ ހާލާއި ދިމާލަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދަތި ދުވަސްވަރު، ދިވެހިން ކެއުމަށްބޭނުން ކުރީ ގައުމުން ލިބެންހުރި ތަކެއްޗެވެ. އެއީ ކައްޓަލަ އާއި، އޮޅުއަލަޔާއި، ބަރޮބޮލާއި، ބަބުކެޔޮލުގެެ އިތުރުން ސިއްހަތަށް ފައިދާހުރި އެތައް ބާވަތެކެވެ. ކުކުޅު ގެންގުޅެ އެއިން އަޅާ ބިސް ވެސްމެއެވެ. އަމިއްލަ ގޯތީގައި އިންދާފައިވާ ރުއްރުކުން ލިބޭ ކާއްޓެވެ. އަމިއްލަ މަސްކަނޑުން ލިބޭ މަހެވެ. ބޭރުގެ ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ގައުމުން ލިބެންހުރި ކާބޯތަކެތީން އޭރު ބަނޑުފުރާނަ މުއްތި ކުރިއެވެ.

ނަަމަވެސް މިދުވަސްތައް މާޒީއާއި އެކުވެ ހިގައްޖެއެވެ. އަމިއްލަ ގައުމުގެ ބަސް ކަމުގައި ވާހަކަދައްކައި އުޅުނު ދިވެހި ބަސް، ބަޔަކު ހިފަހިފާތިއްބާ ބޭރު ކަރަކަރައިގެ ބަސް ތަކުން މަސްހުނިވެ ނިމިއްޖެއެވެ. ފަސްގަނޑު މޮޅު މި ގައުމުގައި ހަދެމުންއައި، ކައްޓަލަ އާއި އޮޅުއައާއި، ބަބުކެޔޮވެސް މިގައުމަކުން ނުލިބެއެވެ.

ޒާތްޒާތަށް ރާގުރާގަށް އަޑުއަޑު ލައްވަމުންދިޔަ ކުކުޅު ތަކެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ރަހަމީރު ދިވެހި ބިސް އުވި ހިގައްޖެއެވެ. އެ ވެސް ލިބެނީ ކޮންމެސް ދުރު ގައުމަކުން ގެނައުމުންނެވެ. ގައުމީ ރުކުގެ ހިޔަލެއް ނުލިބެއެވެ. އިމާރާތް ކުރުމަށާއި އެހެނިހެން ކަންކަމުގައި ރުއްތައް ދަނީ ކަނޑަމުންނެވެ. ކާށި ގެންނަން ޖެހެނީވެސް އަވައްޓެރި ކޮންމެސް ގައުމަކުންނެވެ. ކާއްޓާއި ބިހާއި، ފަލަމަޑީގެ ބާވަތްތަށް އަމިއްލަ ގައުމުން ނުލިބުމުގެ ސަބަބުން ދިވެހިން މިވަނީ  ކޮންމެވެސް އަވައްޓެރި ގައުމަކަށް އަޅުވެތިވާން ޖެހިފައެވެ.

ދިވެހިންނަށް އެއާއި ނުލާ ނޫޅެވޭ މަސްކަނޑަށް ބަލާލި ނަމަވެސް އެންމެ އަޑު ހަރުކޮށް އިވެނީ ބާނަ ބާނާ ތިއްބާ އެ މަސްކަނޑުވެސް ވިއްކާލި ވާހަކައެވެ. މިއީ މިއަދުގެ ހަގީގަތެވެ. މިހަގީގަތާއި ކުރިމަތިލާން ޖެހިފައިވާއިރު، އަމިއްލަ ގައުމުގެ ނިކަމެތިކަން ނިކަން ވިސްނާލަ ބަލާށެވެ.

ބަވަނަވެފައިވާ މި ދުނިޔޭގައި، ދިވެހި ގައުމު އޮތީ އެންމެ ދަށް ލެވެލްގައެވެ. ސަބަބަކީ އަމިއްލަ ގައުމުގެ ފަޅު ރަށްތަކާއި ހުސްބިން އޮވެމެ، އެތަންތަނުން މަންފާ ހޯދެން އޮތްއިރު އެއްވެސް ކަމެއް ނުކުރެވޭ ހުސް ބިންތަކެއްގެ ގޮތުގަ އެތަންތަން ބޭއްވުމަކީ ގައުމަށް ބަސްބުނަން ތިބި އެތައް ބައެއްގެ އިހުމާލު ފެންނަން އޮތް ކަންތައްތަކެވެ. 

މިހާ ހިސާބުން ކުށްވެރި ވަނީ ސަރުކާރު ބާވައެވެ؟. ނޫނީ ރައްޔިތުން ބާވައެވެ؟.

އާއެކެވެ. ބަސްބުނަންތިބީ ގައުމުގެ ވެރިންނެވެ. ރައްޔިތުންތިބީ ގައުމުގެ ހައްގުގާ ބަސްބުނަން މީހުން ހޮވާފައެވެ. ވީއިރު ކޮންގްރިޓް ތަރައްޤީ ރައްޔިތުންނަށް ކޮންމެ ސަރުކާރަކުންމެ ދައްކާ އެ ރައްޔިތުން ހައްދާލުމުގެ ބަދަލުގައި އެ ހުސްބިންތައް ދޫކޮށް ނުލާށެވެ.

ފަޅު ރަށްތަކުގައި ރުއް އިންދާ ދިވެހި ރުކުން ދިވެހި ކާށި ލިބުނަދޭށެވެ. ކުކުޅު ފާމްތައް ހަދާ ދިވެހި ކުކުޅުބިސް ވެސް ލިބޭނެ ގޮތް ހަދާދޭށެވެ. އެ ފަޅު ރަށްރަށުގެ ހުސް ބިންތަކުގައި ތަރުކާރީއާއި މޭވާގެ އިތުރުން ފަލަމަޑީގެ ބާވަތްތައް އިތުރުވިޔަދޭށެވެ. އޭރުން ފަޅު ރަށްތަކުގެ ބޭނުން ހިފި ވަޒީފާ ގެއްލިފައިތިބި އެތައް ޒުވާނުންނަށް ވަޒީފާވެސް އުފެދިގެންދާނެއެވެ. ގައުމުން އުފެއްދޭ ކާބޯ ތަކެތި, ގައުމުން ލިބި ބަޔަކަށް ބަރޯސާވާން ކުޑަ ކުރެވޭނެ ކަން ޔަގީނެވެ. 

ދިވެހީންނަށް ދިވެހި ގައުމުން ލިބުނީ ކޯއްޗެއްތޯއެވެ. އަދިވެސް ދިވެހީންނަށް ވީތީ ފަހުރުވެރިވާންޖެހޭތޯއެވެ.! ލިބުނު ހަމަ އެކައްޗެއްވެސް ނެތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް