ads
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އިނގިރޭސީން ފޭބުމުން އައްޑޫ ދިޔައީ ފަހަތަށް: ރައީސް ސޯލިހް
އައްޑޫގައި ގާއިމްވެ ތިބުމަށްފަހު އެ ސިޓީ އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީކުރަން ފެށުމަށް މިއަދު ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެޕްރީލް 1، 1957ން ފެށިގެން އައްޑޫ ގަމަށް މަތިންދާބޯޓު ތިރިކޮށް އުދުއްސާ ހަދާފައިވާ ކަމަސައި އެހެންކަމުން ގަން އެއާޕޯޓަކީ 66 އަހަރަށްވުރެ ދޮށީ އެއަރޕޯޓެއް ކަމަށެވެ. 

ރައީސް ވިދާޅުވީ މިއީ އިންޑިއާ ކަނޑުގެ ދެކުނުގައި ވަނިކޮށް ބަޔަކަށް ފެންނާނެ، އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް ޕޮއިންޓްކަމަށާއި އިނގިރޭސިން ގަން ހިޔާރުކުރީވެސް އެ ސަބަބަށްޓަކައިކަމަށެވެ.

"އޭރު އައްޑޫގައި އޮތް މަދަނިއްޔަތުގެ ފައިދާ، އެންމެ އުތުރުން ތުރާކުނުގެ ބޮލިހުރާކޮޅާ ހަމަޔަށް ފޯރި. ނަމަވެސް، ކުރިއަރާފައި އޮތް އައްޑޫއިން އިނގިރޭސީން ފައިބައިގެންދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މިތަނުގައި ހުރި އޭރުގެ އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫއިން ބޭލި. ދަގަނޑު ތާނގީތައް، ގޭސް ކަޓަރުން ކަފައި ކުދިކުރި. ހައި ވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުޖަހައިގެން ބޭރުކުރި" - ރައީސް ސޯލިހް

އިނގިރޭސީން ފައިބައިގެން ދިޔައިރު އޭރު އެ އޮތް ބިނާގެ މައްޗަށް ތެދުނިޔަތަކާއެކު އައްޑޫ ބިނާކުރިނަމަ، މިއަދު މިކުރާ މަސައްކަތް ކުރާކަށް ނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ފެންނަން އޮތް ހަގީގަތް ކިތަންމެހާވެސް ހިތިކަމަށާއި އައްޑޫ، ހުވަދޫ އަދި ފުވައްމުލަކަކީ، ރާއްޖޭގެ ދެކުނުކޮޅުކަމަށް ވާއިރު އިހްލާސްތެރި ތެރިކަމާއެކު ތެދުވެރި މަސައްކަތްތަކެއް ކުރެވުނުނަމަ، މިއަދު 65 އަހަރު ފަހުން މި ރަސްމިއްޔާތު ބާއްވާކަށް ނުޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް