ads
އާލިޔާ އަދި ރަންވީރު ޝަރުމާ
އާލިއާ އެހެން ފިރިހެނަކާއެކު، ނަވާޒުއްދީންގެ ހިތް ހަލާކު
ވަރިފަށަށް އަރާފައިވާ ބޮލީވުޑުގެ މަޝްހޫރު ތަރި ނަވާޒުއްދީން ސިއްދީގެ އަންހެނުން އާލިއާ އެހެން ފިރިހެނަކާއެކު ފޮޓޯއެއް އާންމުކޮށްފިއެވެ.

ނަވާޒުއްދީން ކައިރިން ދުރުވުމަށް މަސައްކަތް ކުރާ އާލިޔާ އޭނާގެ އާ އެކުވެރިޔާ ސޯޝަލް މީޑިއާގައި ތައާރަފްކޮށްދިނުމުން، ނަވާޒުއްދީންގެ ފޭނުން ވަނީ އާލިއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

އާލިޔާ ވަނީ ރަންވީރު ޝަރުމާ ކިޔާ މީހަކާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، އެ ފޮޓޯގެ ކެޕްޝަންގައި "އަހަރެންގެ އެކުވެރިޔާ ރަންވީރާއި އެކު" ކަމަށްލިޔެފަ އެވެ.

ނަވާޒުއްދީންގެ ފޭނުން ވަނީ ވަރިނުވަނީސް އާލިޔާ މާ އަވަހަށް ކުރިއަށް ދިޔަ ކަމަށް ތުހުމަތުކޮށް އެ ފޮޓޯއާ ގުޅޭ ގޮތުން ކޮމެންޓް ކުރަން ފަށާފައެވެ. 

ބައެއް ސަޕޯޓަރުން ވަނީ އާލިއާއަކީ މުއްސަނދިން ފަހަތުން ދުވާ މީހެއް ކަމަށް ވެސް ބުނެފަ އެވެ. އެ ފާޑުކިޔުންތަކަށް އާލިޔާ ރައްދު ނުދިން ނަމަވެސް އޭނާ ވަނީ ރަންވީރާ އެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. 

އާލިޔާ އާއި ނަވާޒުއްދީން ވަރިވިވުމުގެ އެންމެ ފަހުގެ މަރުހަލާ މިހާރު ކޯޓުގައި ކުރިއަށްދާއިރު އެ ދެމީހުންގެ ކައިވެންޏަށް ވަނީ 11 އަހަރު ވެފައެވެ. 

your imageނަވާޒުއްދީން އަދި އާލިއާ

އާލިއާ އެންމެ ފުރަތަމަ ވަރިއަށް އެދި ހުށަހެޅީ 2019 ވަނަ އަހަރުއެވެ. ސުލްހަނުކުރެވޭ ހިޔާލުތަފާތުވުންތަކެއް ހުރިކަމަށް ބުނެއެވެ.  

އާލިޔާ ވަނީ ވަރިވުމުގެ ކުރިން ގެވެށި އަނިޔާ އާއި ހިޔާނާތުގެ ތުހުމަތު ނަވާޒުއްދީންގެ މައްޗަށް ކޮށްފައެވެ. ނަވާޒުއްދީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ވަރިވުމުގެ މަރުހަލާ އަދިވެސް ދަނީ ކުރިއަށެވެ. 

44%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް