ads
ތ. ވޭމަންޑޫ މުހައްމަދު ވަހީދު... ފޮޓޯ/ ޕޭޖު ދުއްލިސާ
ގޭސްފުޅިއަކުން ޖެހި، ކާނުގަނޑަށް ވެއްޓި ބޮޑު ވޭނެއްގައި!
އެސްޓީއޯ ގޭހުގައި ވަޒީފާގައި އުޅުނުއިރު ގޭސްފުޅިއެއް ވެއްޓުމާއި، ކާނުގަނޑަކަށް ވެއްޓި ލިބުނު އަނިޔާގައި ތ. ވޭމަންޑޫ މުހައްމަދު ވަހީދަށް މިހާރު ނުހިގެއެވެ.

ވަހީދު ސީއެންއެމްއަށް ބުނީ ކުރިން އޭނާ އަކީ އެސްޓިއޯ ގޭހުގައި މަސައްކަތް ކުރި މީހެއް ކަމަށާއި، ޑިއުޓީގައި ގޭސް އުފުއްލުމުގެ ތެރޭގައި ގޭސްފުޅިއެއް ވެއްޓި ޅިދުކަށިގަނޑުގައި ޖެހުނު ކަމަށާއި، ލިބުނު އަނިޔާގެ ސަބަބުން އެއްކޮށް ފަސޭހަ ނުވެ ހުއްޓާ އަނެއްކާވެސް މަގުމަތިން ހިނގާފައި ދަނިކޮށް ކާނުގަނޑަކަށް ވެއްޓި، ލިބުނު އަނިޔާ އެއްތަނަކަށް ލިބުމުގެ ސަބަބުން ބޮޑުވަރުވީ ކަމަށެވެ.

your imageތ.ވޭމަންޑޫ މުހައްމަދު ވަހީދުގެ އެކްސްރޭ...

ވަހީދަކީ ތިންކުދިންގެ ބައްޕަކެއެވެ. ދޮށީ ދަރި އަށް 13 އަހަރުވެފައިވާއިރު އެ ކުއްޖާއަކީ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެއް ކަމަށް ވަހީދު ބުންޏެވެ. އަދި އެންމެ ކުޑަކުއްޖާ އަށް 2 އަހަރު ކަމަށާއި، މެދަށް ހުރި ދަރިއަށް 4 އަހަރު ކަމަށްވެސް ވަހިދު ވަނީ ބުނެފައެވެ. 

"ބަލިވެ މި އޮންނަނީ. އާމްދަނީއެއް ލިބޭ ގޮތެއްނުވޭ. ބަލިވެ އޭޑީކޭ ހޮސްޕިޓަލިގައި އެޑްމިޓް ކުރުމުން ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ އެތަނަށް. އެކަނި ކުރި މަސައްކަތުން މީގެ ކުރިން އުޅުނީ. އެއްވެސް އެއްްޗެއް ލިބޭނެ ގޮތެއްވެސް ނެތް. އާއިލާއަށް ކާން ދެނީވެސް ޖަމިއްޔާއެއްގެ އެހީތެރިކަމާއެކު." ވަހީދު

ޅިނދުކަށިގަނޑަށް ތަދުވާތާ 10، ނުވަތަ 12 އަހަރުވެދާނެ ކަމަށް ބުނެ ވަހީދު ބުނީ އޭގެ ފަހުން ތަދުވި ނަމަވެސް ތަދު ގާތްގަޑަކަށް ބައިގަޑިއެއްހާ އިރުން ރަނގަޅުވާ ކަމަށެވެ. އެގޮތަށް އުޅެމުންވެސް އާންމު ދިރިއުޅުމަށް މަސައްކަތް ކުރަންޖެހޭތީއާއި، އެކު ޕިކަޕެއް ދުއްވި ކަމަށާއި، ގިނައިރު ޕިކަޕްގައި އިންނަން ޖެހުމުންވެސް ތަދު ދިޔައީ ބޮޑުވަރުވަމުން ކަމަށެވެ. 

ކިތަންމެ ވަރަކަށް ތަދުވިނަމަވެސް މަސައްކަތްކުރީ އާއިލާއަށް ތަނަވަސްކަން ހޯދުމަށް ކަމަށާއި، ނަމަވެސް ކުއްލިއަކަށް މާބޮޑަށް ތަދު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށްވެސް ވަހީދު ބުންޏެވެ. އެޑްމިޓް ކޮށްގެން ހޮސްޕިޓަލުގައި އޮންނަން ޖެހުމުން މާލީ ހާލަތުދަށްވެ އާއިލާ ބިކަވަމުންދާ ކަމަށެވެ. އާއިލާ އަށް ހުރިހާ ހަރަދެއް ކުރަމުން އައީ ވަހީދަށް އެކަނި ލިބޭ އެއްޗަކުން ކަމަށްވާއިރު، ވަހީދު ކުރަމުން އައި މަސައްކަތް ހުއްޓުމުން އެއްކޮށް އަތްމަތުހުސްވެ މާލީ ހާލަތު ދަަށަށް ދިޔައީ ކަމަށެވެ.

އަމިއްލަ، މަސައްކަތާއި ޕިކަޕް ދުއްވުމުގެ އިތުރުން ޑެލިވެރީ ކުރުމުގެ މަސައްކަތް ކޮށްގެން ދިރިއުޅެމުންދިޔަ ވަހީދު ވަނީ ދިމާވި ބަލީގެ ސަބަބުން އެދުމަތިވެފައެވެ. ވަހިދު އެދެނީ ބަލިން އަރައިގަނެވި ހޮސްޕިޓލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތި އެންމެންގެ ދީލަތި އެހީއެކެވެ.

ޑރ. އަލީ ނިޔާފަށް ދެއްކީ، ވިދާޅުވީ ނާރެއް ފިތަނީ ކަމަށް. ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރުމަށް. ނަމަވެސް ހަކުރުމަތިވެފައިވުމުން އޮޕރޭޝަން އަދިވަނީ ކުރެވޭ ގޮތް ނުވެފަ." ވަހީދު

ނަމަވެސް ވަހީދު ބުނީ ހަކުރު ދަށްވިހާ އަވަހަކަށް އޮޕަރޭޝަން ކުރެވޭނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

  •  މުހައްމަދު ވަހީދު: 9646149/ 9656149
  • ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7704238172101

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް