އާބަންކޯއިން ބުނީ ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާ 2017 ވަނަ އަހަރު ހަވާލު ކުރެވިފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
ޖާހުން ކުރިއަށް ގެންދާ މަޝްރޫއު ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަ އިތުރަށް ބެލުމަށް ފަހު، ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ، ނޯޓިސް މިހާރު ދެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި އެ ގޮތަށް ނޯޓިސް ދިނުމުގެ ކުރިން އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް އެ ކޯޕަރޭޝަނުގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދެވިފައި ކަމުގައެވެ.