އިންޓަނޭޝަނަލް ފްރެންޑްލީއެއްގައި އާޖެންޓީނާއާ އޮސްޓްރޭލިއާ އަންނަ ހަފްތާގައި ޗައިނާގައި ކުޅޭނެއެވެ. އެ މެޗުގައި ބޭނުންނަވަނީ އާޖެންޓީނާގެ ކިބައިން ބަދަލު ހިފަން ކަމަށް އޮސްޓްރޭލިޔާގެ ކޯޗު ބުނީ، ވޯލްޑްކަޕުގައި އެ ޓީމު ކެޓި މެޗަށް އިޝާރާތް ކޮށެވެ.
ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާއިން އޮސްޓްރޭލިއާ ކަޓުވާލީ ކުއާޓާ ފައިނަލުގައި ދެ ލަނޑު އެއް ލަނޑުން އޮސްޓްރޭލިއާ ބަލިކޮށްގެނެވެ.
މިދިޔަ ޑިސެމްބަރު މަހު އޮސްޓްރޭލިއާއާ އާޖެންޓީނާ ކުޅުނު މެޗަކީ މެޗަކީ މެސީގެ ޕްރޮފެޝަނަލް ކެރިއަރުގެ 1000 ވަނަ މެޗެވެ. އެ މެޗަކީ އާޖެންޓީނާގެ ކެޕްޓަނެއްގެ ގޮތުގައި މެސީ ނުކުތް 100 ވަނަ މެޗެވެ. އެ މެޗުގައި މެސީ ޖެހި ގޯލާ އެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީހުގައި އާޖެންޓީނާ އަށް ޑިއޭގޯ މަރަޑޯނާ ޖެހި ގޯލުގެ ރެކޯޑުވެސް މުގުރާލާފައެވެ.