ads
އަނދުން ހުސައިން މަޖިލިސް ޖަލްސާއެއްގައި
އަނދުން ހުސެން ކަންފަތް މަތީ ޖަހާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވިކަމަށް ބުނެފި
ރައްޔިތުންގެ މަޖިލީހުގެ މެންނަރު ހުސެން ޝަހީމް (އަދުން ހުސެން) ގެ ކަންފަތް މަތީގައި ޖަހާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވިކަމަށް އެނާ ބުނެފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި، އަނދުން ހުސެން ވިދާޅުވީ، މިއަދު ' ދަ ޑިމޮކްރޭޓްސް' އަށް ނިސްބަތްވާ 10 ވަރަކަށް މީހުން ވަތްކަމަށެވެ. 

މަޖިލީހުން ބްރޭކް އަށް ދިޔަ ވަގުތު، ސިޑިމަތިން އަދުން ހުސެން ފައިބަނިކޮށް އެނާއަށް ގޮވާ ހަޑިހުތުރު އެއްޗެހި ކިޔާފައިވާކަމަށެވެ. 

މި މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސައިކޮޓަރީގައި އިންނަވަނިކޮށް ކަންބޮޑުވުން ފާޅުކުރެއްވުމުން، އެ މީހުން ލައްވައި "ކަންފަތް މަތީގައި ޖަހާނެ" ކަމުގެ އިންޒާރު ދެއްވާފައިވާކަމަށް ވެސް އަނދުން ހުސެން ވިދާޅުވިއެވެ. 

"މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސައިކޮޓަރީގައި އިންވަނިކޮށް އެތައްބައެއްގެ ކުރިމަތީގަ ދެންނެވީމަ ވިދާޅުވީ އަދި ކަލޭ ކަންފަތް މަތީގައި ވެސް އެމީހުން ލައްވާ ޖައްސަވާނަމޭ،" އަންދުން ހުސެން މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

އަނދުން ހުސެން މި ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ރައީސް ނަޝީދަށް އިންޒާރުދެއްވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި މި ހަފްތާތެރޭގައި އާންމު ވެފައެވެ.

އެ ވިޑިއޯއިން ފެންނަ ގޮތުގައި ރައީސް ނަޝީދާ މުހާތަބު ކުރައްވައި ހުތުރު ބަހުން ވާހަކަ ދައްކަވާފައިވއެވެ. އޭރު އެތަނުގައި ހުންނެވި އައްޑޫ މެންބަރު މުހައްމަދު އަސްލަމް މުޣުނީ މައިތިރި ކުރައްވަން މަސައްކަތް ކުރައްވައެވެ. ފަހުން ރައީސް ނަޝީދު ވަޑައިގެންނެވީ އަސްލަމްއާ އެކުއެވެ.

"ތަޅާލަން ޖެހޭ ހިސާބަށް ގޮސްފައި ތިހުރީ މިހާރު، ހޭބަލިވެފައޭ ތިހުރީ،" އެ ވީޑޯގައި މުުގުނީ ވިދާޅުވާ އަޑު އިވެއެވެ.

އޭގެ ފަހުން ރައިސް ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް އިންޒާރު ދޭ ކަމަށް ބުނާ ވީޑިއޯއެއް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ޓުވީޓުކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ ރައިސް ނަޝީދު ގެންދަވަނީ މަޖިލީސް މެންބަރުންނަށް އިންޒާރު ދެއްވަމުން ކަމަށެވެ.

އީވާ އަބްދުﷲގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވުމަށް މިއަދުވެސް ރައީސް ނަޝީދު އިންޒާރު ދެއްވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އެގޮތަށް ވިދާޅުވި ނަމަވެސް މަންޒަރު ދުއް އެހެން މެންބަރަކު ވިދާޅުވީ ރައީސް ނަޝީދު އެވީޑިއޯގައި އަލީ ނިޔާޒަށް ތުހުމަތު ކުރެއްވީ ގެއްލުން ދިނުމަށް މުގުނީ ފޮނުވިކަމުގެ ތުހުމަތު ކަމަށެވެ.

އަދި ރޮޒައިނާ ކުރެއްވި ޓުވީޓުގައިވެސް އިވެނީ  "ކަލޭ މީހުން ނުފޮނުވައްޗޭ މަގޭ ގަޔަށް އަރަން" މިހެން ރައީސް ނަޝީދު ވިދާޅުވާ އަޑެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް