ads
ޝަރީފް ދަ ޑިމޮކްރެޓްސްގެ ހަރަކާތެއްގައި
މޯލްޑިވް ގޭސްގެ ޑީއެމްޑީ މަގާމުން ވަކިކޮށްފި
މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑް މެމްބަރު ކަމުގައި ހުންނެވި އަހުމަދު ޝަރީފް ދެ މަގާމުންވެސް ވަކިކޮށްފި އެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް ވުމުން އެކުންފުނީގެ ބޯޑް މެމްބަރުކަމާއި ޑީއެމްޑީގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެއް ނޫނެވެ.

އަހުމަދު ޝަރީފް މަގާމުން ވަކިކޮށްފައިވަނީ މޯލްޑިވް ގޭސްގެ ބޯޑުގެ ނިންމުމަކުން އިއްޔެ އެވެ. ޝަރީފަކީ ރައީސް މުހައްމަދު ނަޝިދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

އަދި ޝަރީފް ގެންދަވަނީ “ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނުންނެވެ. 

ޝަރީފް މިއަދު ސީއެންއެމްއަށް ވިދާޅުވީ މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމުގައި ހުންނެވީ ކޮންޓްރެކްޓް އުސޫލުން ވަޒީފާގައި ކަމަށާއި ބޯޑް މެމްބަރުކަމުގެ މަގާމަކީ އެސްޓީއޯއިން އައްޔަންކުރި މަގާމެއް ކަމަށެވެ.

އެ ދެ މަގާމުންވެސް އިއްޔެ ވަކިކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަގާމެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާކުރިން ސިޔާސީ ވަޒީފާއިން ވަކިކޮއްފައިވާ ކަމަށެވެ. އެއީ އާރުޑީސީގެ ޑީއެމްޑީގެ މަގާމުގައި ހުންންވަނިކޮށް 2021 ވަނަ އަހަރު އެމަގާމުން ވަކިކުރި ކުރުމެވެ.

ޝަރީފް އިއްޔެ މަގާމުން ވަކިކުރިއިރު ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި ބައިވެރިވެގެން މިފަހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ސަރުކާރުން ވަކިކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް