ads
މިނިސްޓަރު ނަހުލާ ރޭ ގާސިމް އަރިހުގައި
ކުރު ދޮށީގައި ރައީސް ސާލިހާއި ސަރުކާރަށް ދިންއިރު މިނިސްޓަރު ނަހުލާ އަތްޖައްސަވަން!
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ރިޔާސީ ޓިކެޓު އެރުވުމަށް ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާއިމް އިބްރާހިމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއިރު، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެ ވާހަކަތަކަށް ސަޕޯޓުކުރައްވާ އަތްޖައްސަވާފައިވާތީ ގިނަބައެއްގެ ފާޑުކިއުން މިނިސްޓަރަށާއި ސަރުކާރަށް އަމާޒުވެއްޖެއެވެ.
Advertisement

ރާއްޖޭގެ ހާލަތު މިހާރު އޮތީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒު ފޯރާފައިކަމަށާއި ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައިކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ގާސިމް ވިދާޅުވީ ޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒުފޯރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާކަމަށެވެ. 

"ރާޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބޭރުގެ ނުފޫޒުފޯރާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވަނީ ގެއްލިގެން ގޮސްފަ،" ގާސިމް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. 

މި ހުރުރިހާ ވަހަކަތަކެއް ދައްކަވައި ރައީސް ސާލިހުގެ އިސްތަށިފުޅުގައި އަދި ސަރުކާރުގައި ބޮޑު 'ވަގު' އިލްޒާމެއް އެޅުވިއިރު، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ފާތިމަތު ނަހުލާ ވަނީ އަތްޖައްސަވާ ގާސިމްގެ ވާހަކަތަކަށް ތާއީދު ކުރައްވާފައެވެ. 

ގާސިމް އިބްރާހިމް އަށް ރޭ ޖުމްހޫރީ ޕާޓީގެ ޓިކެޓު އަރުވާފައިވާއިރު، ޖުމްހޫރީ ޕާޓީއަކީ ސަރުކާރުގެ ކޯލިޝަނުގެ މެންބަރެކެވެ. 

your imageޖުމްހޫރީ ޕާޓީން ރޭ ބޭއްވިޖަލްސާގެ ތެރެއިން

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނަމަ ސިޔާސީ މަގާމުތަކުން ދުރުކުރާނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ އިންޒާރު ދީފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކާމެދު މި ސަރުކާރުން އަދި ފިޔަވަޅެއް އަޅާފައެއްނުވެއެވެ. 

ރޭގެ އިވެންޓްގެ އިތުރުން ވެސް ޖޭޕީގެ ކެމްޕެއިން ހަރަކާތްތަކުގައި މިނިސްޓަރު އައިޝާ ގެންދަވަނީ އިސްކޮށް ބައިވެރިވެވަޑައިގެން އެ ހަރަކާތްތައް ރާވާ ހިންގެވުމުގައި އިސްރޯލެއް އަދާކުރައްވަމުންނެވެ. އަދި އެފަދަ ހަރަކާތްތަކުގައި ސަރުކާރަށް ގެންދަނީ ޖޭޕީގެ އެކި ބޭފުޅުން ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް