ads
ރަށު ފަތުރުވެރިކަން ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީން ކުރާ ދަތުރުގެ ތެރެއިން ތިނަދޫގައި - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
ރަށު ފަތުރުވެރިކަން ކުރިއަރުވަން ޓޫރިޒަމުން ކުރާ ދަތުރުގައި ގދ. އަތޮޅަށް
ރަށު ފަތުރުވެރިކަން ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ގދ. އަތޮޅުގެ ބައެއް ރަށްތަކަށް އެ މިނިސްޓްރީން ޒިޔާރަތްކުރަން ފަށައިފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާ މި ޕްރޮގްރާމަކީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ މިނިސްޓްރީން ދަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރަށްފުށުގައި ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވަނީ މަޖިލިސް މެންބަރުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފައެވެ. އެ ފަހުން އެ މިނިސްޓްރީން ދަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލާ ވަކިން މަޝްވަރާ ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ރަށްތަކަށް ކުރާ ދަތުރުތަކުގައި އެ މިނިސްޓްރީގެ ޓީމާ އެކު މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ބައިވެރިވެވަޑަައިގަންނަވައެވެ.

your imageރަށު ފަތުރުވެރިކަން ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީން ކުރާ ދަތުރުގެ ތެރެއިން ތިނަދޫގައި - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

ގދ. އަތޮޅަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ކުރަމުންދާ ދަތުރުގައި އެ އަތޮޅު ތިނަދޫ، މަޑަވެލި، ހޯޑެއްދޫ، ގައްދޫ އަދި ވާދޫއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ރަތަފަންދޫ، ފިޔޯރީގެ އިތުރުން ފަރެސްމާތޮޑާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ރަށްތަކަށް ކުރާ ދަތުރުތަކުގައި ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތައް ބަލައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރާނެއެވެ. އެ މިނިސްޓްރީން މަސައްކަތް ކުރާނީ ރަށްރަށުގައި ހުންނަ ތަފާތު ކަންކަން ދެނެގަނެ، އެ ކަންކަމާ ގުޅުވާ ކޮންމެ ރަށެއްގައި ރަށު ފަތުރުވެރިކަން ކުރިއަރުވާ އެކަމުން ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތް ތަނަވަސްކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް