ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސީއެންއެމްއަށް ވިދާޅުވީ އެކަން އީސީ ތެރެއިން ކުރިކަމަށް ވާނަމަ އެކަމެއް ކޮށްފައި އެވަނީ ސިއްރު އެނގިގެން، ވަރަށްބޮޑަށް ސިއްރިޔާތުގައި ބުއްދި ބޭނުން ކޮށްގެން ކަމަށެވެ.
އަދި ވިދާޅުވީ އެއްވެސް މުވައްޒަފަކު އެފަދަ ކަމެއް ކުރި ކަމަށް އެއްބަސް ވެފައި ނުވާ ކަމަށާއި، އަދި އެ އޮފީހުގެ އެއްވެސް ކޮމްޕިއުޓަ ސިސްޓަމަކުން އެފަދަ މައުލޫމާތެއް ބޭރުވެފައި ނުވާކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ 3500 ފޯމް އިލެކްޝަނަށް މިމަހުގެ އެއް ވަނަދުވަހު ހުށަހެޅުމާއެކު ފޯމްތައް ލީކު ވެފައިވާ ކަމަށާއި އަދި އެޕާޓީއަށް ސޮއިކުރި މީހުންނަށް ސަރުކާރުން އެކަި ގޮތްގޮތަށް ބިރު ދައްކާ ކަމަށް އެޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. މިމައްސަލަ ޕޮލިހަށާއި އީސީއަށް އެޕާޓީން ވަނީ ހުށަހަޅާފައެވެ.
ފުއާދު ވިދާޅުވީ އީސީތެރެއިން އެފަދަކަމެއް ހިނގާފާނެތީ މުވައްޒަފުންނަށް ނަސޭހަތް ދީފައިވާނެ ކަމަށާއި އަދި އެފަދަ ކަމެއް ސާބިތުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެކަމުގެ އިންޒާރުވެސް ދެއްވާފައިވާނެ ކަމަށެވެ. ފުއާދު ވިދާޅުވީ އެ އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އެފަދަ ކަމެއް ނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިމައްސަލަ ދަޑިމޮކްރެޓްސްއިން ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ފުލުހުންގެ ހިލަމެއް ނުވާކަމަށް އެޕާޓީން ބުނެއެވެ.