ads
މިނިސްޓަރު ނަހުލާ ގާސިމް އަރިހުގައި
ގާސިމްގެ ރިޔާސީ ޓިކެޓް ޖަލްސާއަށް ފަހު ނަހުލާ މަޖިލީހަށް ހާޒިރު ކުރަނީ
މިނިސްޓާ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާއާއި ސުވާލު ކުރުމަށް މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގެ އެޖެންޑާ މިހާރު އާންމުކޮށްފައިވާ އިރު މާދާމާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ މިނިސްޓާ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާއާއި ސުވާލުކުރުމެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣުނ،ީ ހުށައަޅުއްވާފައިވާ މައްސަލައެކެވެ. 

ޓްރާންސްފޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާ މާދަމާ ޖަލްސާއަށް ހާޒިރު ކުރާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ޓިކެޓް އަރުވާފައެވެ. 

އެރޭގެ ޖަލްސާއަށް ފަހު ޖޭޕީން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާއި ކޯލިޝަން ނުހަދާނެ ކަމަށާއި އިންތިހާބުގައި ވާދަކުރާނީ އެކަނި ކަމަށް ބުނެފައެވެ. އެހެންނަމަ ވެސް ސަރުކާރުގެ އެކިއެކި ސިޔާސީ މަގާމް ތަކުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ތިބުމަކީ ހަމަޖެހޭ ކަމެއްނޫންކަމުގައި ވެރިކަންކުރާ އެމްޑީޕީގެ މެމްބަރުން ދަނީ ބުނަމުންނެވެ. 

ކާނިވާ ސަރަހައްދުގައި އޮތް ޖަލްސާ ނުފެށި އެހާ ބޮޑަށް ލަސްވީ، ކާނިވަލަށް ޖަމާވި މީހުންގެ އަދަދު މަދުވެގެން ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ކާނިވާ ސަރަހައްދުގައި ޖަހާފައި ހުރި ގިނަ އަދަދެއްގެ ގޮނޑިތައް ނެގި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

އެކަމަކު، އެރޭގެ ޖަލްސާއަކީ ނާކާމިޔާބީއެއްގެ ގޮތުގައި ލީޑަޝިޕްގެ ބޭފުޅުން ގަބޫލެއް ނުކުރައްވާ ކަމަށާއި އަދި އެ ޕާޓީގެ އާންމު މެމްބަރުން ތިބީ އެ ޖަލްސާ އަށް ފަހު، ވަރުގަދަ ފޯރިއަކާއި ޖޯޝެއްގައި ކަމަށް އެޕާޓީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް