ads
ނޭމާ
އަލް-ހިލާލުން ނޭމާއަށް ކަޅިއަޅަން ފަށައިފި
ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގައި ވާދަކުރާ އަލް-ހިލާލުން، ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަލް-ހިލާލްގެ އިސް ވަފުދެއް ވަނީ މިދިޔަ ހުކުރު ދުވަހު ފްރާންސްގެ ޕެރިސްއަށް ދަތުރުކޮށް، ނޭމާ އެޓީމަށް ގެންދެވޭނެ މަގެއް އޮތްތޯ ބަލާފައެވެ. އެކްލަބުން ނޭމާ ހޯދުމަށް މަސައްކަތް ކުރަނީ 200 މިލިއަން ޔޫރޯގެ މުސާރައަކަށް ކަމަށްވެއެވެ. އަދި ޓްރާންސްފާ ފީއެއްގެ ގޮތުގައި ޕީއެސްޖީއަށް 45 މިލިއަން ޔޫރޯ ދޭން އަލް-ހިލާލުން ހުރީ ތައްޔާރަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 

ސައުދީ ލީގުގެ ތަށި 18 ފަހަރު ކާމިޔާބުކޮށްފައިވާ ކްލަބުން ނޭމާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕީއެސްޖީން އޭނާ ވިއްކާލަން އުޅޭ ކަމުގެ އަޑުތައް ވަނީ އަރާފައެވެ. ނޭމާއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީންވެސް ކަޅި އަޅަމުން އަންނަ ކުޅުންތެރިއެކެވެ. ނަމަވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިމިއާ ލީގުގެ ކްލަބަކަށް އޭނާ ބަދަލުވާނަމަ، ނޭމާ ދާނީ މެންޗެސްޓާ ޔުނައިޓެޑަށް އެކަންޏެވެ. 

ޕީއެސްޖީއާއެކު ނޭމާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. ނޭމާ ވަނީ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވި ފަހުން އެޓީމަށް 112 މެޗު ކުޅެދީ، 82 ލަނޑު ޖަހައިދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް